މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އާންމު ފަރާތްތަކުން ކުރަން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުން ދަނީ ގއ. ގެމަނަފުށީ މީހެކެވެ. އެމީހާ ހޯދުމަށް ސޯޝަލް މީޑިއާގައި ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.
ގެއްލިގެން ހޯދަމުންދާ މީހާގެ ދަރިއެއްކަމުގައިވާ ޢަބްދުﷲ އައްބާދު މީސްމީޑިއާގައި ބުނެފައިވަނީ އޭނާގެ ބައްޕަ މިއަދު ހެނދުނު ބާޒާރަށް ދިޔަ ގޮތަށް ހަބަރެއް ނުވެގެން ހޯދަމުންދާ ކަމަށެވެ.
އަބްދުﷲ އައްބާދު ވަނީ އޭނާގެ ބައްޕައާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ 9762141 ނުވަތަ 7751810 ނުވަތަ 7750989 ނަންބަރު ފޯނާއި ގުޅައި މައުލޫމާތު ހިއްސާ ކުރުއްވުމަށް އެދިލައްވާފައެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން އަދި ވަކިއެއްޗެއް ނުބުނެއެވެ.
(ތަފްޞީލް އަންނަނީ)



