ޑައިވްކުރަނިކޮށް ޑީކޯވި ފަތުރުވެރިއަކު ކުރަމަތި އައިލެންޑް ރިސޯޓަށް ގެންގޮސްފި

ޑައިވްކުރަނިކޮށް ޑީކޯވި ފަތުރުވެރިއަކު ކުރަމަތި އައިލެންޑް ރިސޯޓަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ޑައިވްކުރަން އުޅުމުގެ ތެރޭގައި، ޑިކޮމްޕްރެޝަން ސިކްނެސް (ޑީކޯ) ދިމާވެ، ހާލުދެރަވި ފަތުރުވެރިއަކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކު އަވަސް ފަރުވާ ދިނުމަށް ސީއެމްބިޔުލާންސްގައި މިއަދު އއ. ކުރަމަތީ އައިލެންޑް ރިސޯޓަށް ގެންގޮސްދީފައިވާކަމަށެވެ.

ޑީކޯވެ، ހާލުދެރަވި ފަތުރުވެރިޔަކީ، އއ.ރަސްދޫ ކައިރީ އޮތް "ބުލޫ ޝާކް" ނަމަކަށް ކިޔާ ސަފާރީއެއްގައި ޑައިވްކުރަން އުޅުނު 58 އަހަރުގެ އަންހެން ފަތުރުވެރިއެކެވެ.

މި މީހާއަށް އަވަސް ފަރުވާ ދިނުމަށް އއ.ކުރަމަތި އައިލެންޑް ރިސޯޓަށް ގެންގޮސްދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަމަށް އެދިފައިވަނީ މިއަދު ހެނދުނު 06:30 ހާއިރުއެވެ.

ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ، ކޯސްޓްގާޑު ސްކޮޑްރަންގެ ސީއެމްއެމްބިޔުލާންސް އެ ސަރަހައްދަށް ފޮނުވައި، މިއަދު ހެނދުނު 09:38 ހާއިރު އެމީހާއަށް އަވަސް ފަރުވާ ދިނުމަށް އއ. ކުރަމަތި އައިލެންޑް ރިސޯޓަށް ވަނީ ގެންގޮސްދީފައެވެ.

(ތަފްސީލް އަންނަނީ..)

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ