އައިޓީއެފްސީ އާއެކު 1.5 ބިލިޔަން ޑޮލަރުގެ ފްރޭމްވޯކް އެގްރީމެންޓެއްގައި ސޮއިކޮށްފި

އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައި.ޓީ.އެފް.ސީ.) އާއި ރާއްޖެއާ ދެމެދު ފްރޭމްވޯކް އެގްރީމެންޓެއްގައި މިއަދު ސޮއިކޮށްފިއެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރެވެ. އައި.ޓީ.އެފް.ސީ.ގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ހާނި ސާލިމް ސަންބޯލެވެ.

ކުރުނބާ މޯލްޑިވްސްގައި މިއަދު ބޭއްވި ސޮއި ކުރުމުގެ ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އައި.ޓީ.އެފް.ސީ.އާ ރާއްޖެއާ ދެމެދު މިއަދު ސޮއިކުރި ފްރޭމްވޯކް އެގްރީމެންޓަކީ 1.5 ބިލިޔަން އެމެރިކާ ޑޮލަރުގެ ޓްރޭޑް ފައިނޭންސިންގ އެއްބަސްވުމެކެވެ. މި އެއްބަސްވުމަކީ ވިޔަފާރިއާ އިޤްޠިޞާދީ ކަންކަން ކުރިއެރުވުމަށް ވެވުނު އެއްބަސްވުމެކެވެ.

ދިވެހި ރާއްޖެއަކީ 2008 ގައި އުފެދުނު އައި. ޓީ. އެފް. ސީ. އިން މާލީ އެހީފޯރުކޮށްދޭ މައިގަނޑު ފަރާތްތަކުގެ ތެރޭގައި ހިމެނޭ އެއް ޤައުމެވެ. މިގޮތުން އެސްޓީއޯއިން އެތެރެކުރާ ތެލުގެ 80 އިންސައްތައަކީ އައި.ޓީ.އެފް.ސީގެ މާލީ އެހީތެރިކަމާއެކު އެތެރެކުރެވޭ ތެލެވެ. އައި.ޓީ.އެފް.ސީ އަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ ކުޑައިގެ ދަށުގައި ހިމެނޭ މާލީ އެހީ ފޯރުކޮށްދޭ ފަރާތެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ