މިއަދު ހުޅުމާލެ ފިތިރޯނު މަގުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ޖީއެން ސައިކަލެއް އެމްޕީއެލް ކައިރިން ދުއްވާފައި ދިޔަ ޕިކަޕްއެއް އޯވަރ ޓޭކް ކުރަން އުޅުމުގެ ތެރޭގައި އެ މަގުގައި މަޑުކޮށްގެން އިން ޕީސީއެކްސް ސައިކަލެއްގައި ޖެހި އެކްސިޑެންޓް ވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ ފުލުހުންނަށް ހުށައެޅިފައިވަނީ މިއަދު 10:43 އެހާކަންހާއިރު ކަމަށެވެ.
މި އެކްސިޑެންޓްގައި ދެ ސައިކަލުގައި ތިބި ދެ މީހުންނަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށް ދެ ސައިކަލަށްވެސް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މިއެކްސިޑެންޓްގައި އަނިޔާވި ދެ މީހުންނަށް ފަރުވާ ދިނުމަށްޓަކައި ހުޅުމާލެ ހޮސް ޕިޓަލަށް ވަނީ ގެންގޮސްފައެވެ. މި އެކްސިޑެންޓްގައި އުޅަނދު ދުއްވަން ތިބި ދެމީހުންގެ އަތުގަވެސް ލައިސަންސް އޮންނަކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަ ފުލުހުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.



