ކެޕާ އަރައިޒަބަލަގާ - ފޮޓޯ: ޑަމްޑަމަގް.ކޮމް

"އެއީ އަހަރެންނަށް ހެދުނު ވަރަށް ބޮޑު ގޯހެއް" ކެޕާ

ލީގު ކަޕުގައި ޕެނަލްޓީ ޖަހައިގެން 4-3 އިން ޗެލްސީ ބަލިވި މެޗުގައި ޗެލްސީގެ ގޯލްކީޕަރު ކެޕާ ބާލަން އުޅުމުން އެކަމަށް ދެކޮޅު ހެދުން އެއީ ހެދުނު ބޮޑު ގޯހެއްކަމަށް ކެޕާ ބުނެފިއެވެ.

އެމެޗުގައި ކެޕާއަށް އިންޖަރީވިކަމަށް ހީކޮށް ބަދަލު ކީޕަރު ކަބަލޭރޯ އަރުވަން ކޯޗު ސާރީ އަދި އެސިސްޓެންޓް ކޯޗު ޒޯލާވެސް މަސައްކަތްކުރި ނަމަވެސް ކަބަލޭރޯ ތައްޔާރުވެ އަދި އޭނާ އަރުވަން ހަތަރު ވަނަ އޮފިޝަލް ބޯޑް ވެސް ތައްޔާރުކޮށްގެން ހުއްޓާ ކެޕާ ވަނީ ފާޅުގައި އަތުގެ އިޝާރާތުން ނުފައިބާނެ ކަމަށް އަންގައިފަ އެވެ.

ޗެލްސީއިން ކެޕާ އަދި ކޯޗު ސާރީގެ ބަސް ޙިއްސާކޮށްފައިވާއިރު، ފުރަތަމަ ކަޕް ފައިނަލް ޗެލްސީއާއެކު ކުޅެން ލިބުމުން އުފާވާކަމަށާއި ޓީމު ދެއްކި ކުޅުމަށް ފަޚުރުވެރިވާކަމަށާއި އެމެޗުގައި ކުށްކުރެވުނީ ކެޕާއަށްކަމަށާއި ކޯޗު ފަރާތުންނާއި ވިލީ ، ޓީމު ކުޅުންތެރިން، ކްލަބް އަދި ސަޕޯރޓަރުން ފަރާތުން މަޢާފަށްއެދޭކަމަށާއި މިކަމުގައި އޭނައަށްދޭ ކޮންމެ އަދަބެވެސް ޤަބޫލުކުރާނެ ކަމަށް ކެޕާ ބުނެފައިވެއެވެ.

ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ 

"މިކަމުގައި ކެޕާއާ އަހަރެންނާ ވާހަކަ ދެކެވިއްޖެ. އިއްޔެ ހިނގާދިޔަ ހާދިސާގައި ކުށްކުރެވުނީ ކެޕާއަށްކަމަށް ކެޕާ ޤަބޫލުކުރޭ. އަހަރެންގެ ފަރާތުންނާއި ޓީމު ކުޅުންތެރިން އަދި ކްލަބްގެ ފަރާތުން އޭނާ މަޢާފަށްއެދެފި. ކެޕާއަށް އަދަބު ދިނުން އޮތީ ކްލަބް އަތުގަ. ކެޕާ މަޢާފަށް އެދުނު ހިސާބުން އަހަންނަށް މިމައްސަލަ ނިމިއްޖެ." ސާރީ ބުނެފައިވެއެވެ.

މިހާދިސާއާއި ގުޅިގެން ކެޕާގެ އެއް ހަފުތާގެ މުސާރަ އަތުލާ ގޮތަށް ޗެލްސީއިންވަނީ ނިންމާފައެވެ. އަދި މިފައިސާ ދިނުމަށް ހަމަޖެހިފައިވަނީ ޗެލްސީ ފައުންޑޭޝަނަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ