ހުޅުމާލެ ހޮސްޕިޓަލުގައި މެމޯގްރަފީގެ ޚިދުމަތް އިފްތިތާޙް ކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ހެނދުނު, ހުޅުމާލެ ހޮސްޕިޓަލުގައި މެމޯގްރަފީގެ ޚިދުމަތް އިފްތިތާޙް ކޮށްދެއްވައިފިއެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި މެމޯގްރަފީގެ ޚިދުމަތް އެކަމަނާ އިފްތިތާޙު ކޮށްދެއްވީ އެ ހޮސްޕިޓަލުގައި މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި މި ޚިދުމަތް އިފްތިތާޙް ކުރެވިގެންދިއުމާއެކު އެ ހޮސްޕިޓަލުގައި އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުމާއި ފަރުވާގެ ޚިދުމަތް އިތުރަށް ފުޅާވެގެންދާނެއެވެ. ހުޅުމާލެ ހޮސްޕިޓަލުގައި މެމޯގްރަފީގެ ޚިދުމަތް ތަޢާރަފުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެ ހޮސްޕިޓަލުގައި ކެންސަރަށް ފަރުވާ ހޯދަމުންދާ ބަލިމީހެއްގެ އިޙްސާސްތައް ވަނީ ޙިއްސާ ކުރައްވާފައެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި މެމޯގްރަފީގެ ޚިދުމަށް ފެށިފައިމިވަނީ އެހޮސްޕިޓަލުގައި ކެންސަރަށް ފަރުވާދޭނެ އޮންކޮލޮޖީ ޑިޕާޓްމަންޓެއް ޤާއިމްކުރެވިގެންދިޔަތާ 2 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެންނެވެ. މި ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ހުޅުމާލެ ހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ޑިޕާޓްމަންޓާއި އޮންކޮލޮޖީ ޑިޕާޓްމަންޓުގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ