އެމްޑީއެން އުވާލާ، އަދަބް ދިނުމަށް ގޮވާލަނީ ކީއްވެ؟

މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލާ އެޖަމުއިއްޔާ އަށް އަދަބު ދިނުމަށް ގޮވާލާ އަޑަކީ މިއަދު މަޑު އަޑެއް ނޫނެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. އެމްޑީއެން އިން 'ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް' ގެ ނަމުގައި ނެރެފައިވާ ރިޕޯޓުގައި އިސްލާމް ދީނާއި އަދި ރަސޫލާ މުހައްމަދު (ސއވ) އާއި ގުޅޭގޮތުން ދައްކައިފައިވާ ވާހަކަތަކަކީ މުސްލިމަކަށް ބަލައި ގަނެވޭނެ ވާހަކަތަކެއް ނޫނެވެ.

ނަމަވެސް ހިތާމައަކީ، އަދިއަދަށް ދާންދެންވެސް މި ޖަމުއިއްޔާ އާއި މެދު ދާއިމީ ފިޔަވަޅެއް އެޅިފައި ނުވާކަމެވެ. ސަރުކާރުގެ އެންމެ އިސް ފަރާތް ކަމަށްވާ ރައީސުލް ޖުމްހޫރިއްޔާވަނީ މި ޖަމުއިއްޔާއާއިމެދު ފިޔަވަޅު އަޅާނެ ކަން ހާމަ ކުރައްވައިފައެވެ. ނަމަވެސް މިވާހަކަތަކަށް މާބޮޑު އަމަލީ ސިފައެއް ފެނިގެން ގޮސްފައެއް ނުވެއެވެ.

އެމްޑީއެން އިން ނެރެފައިވާ ރިޕޯޓުގައި ދައްކައިފައިވާ ވާހަކަތަކުގެ ނުރައްކާތެރިކަން އިލްމުވެރިން އަންނަނީ ބަޔާން ކޮށްދެއްވަމުންނެވެ. މިގޮތުން މި ކުރު ރިޕޯޓުގައި އަޅުގަނޑު މި ހިއްސާކޮށްލަނީ ދީނީ ހޭލުންތެރިކަން ދިވެހިރައްޔިތުންގެ މެދުގައި އިތުރު ކުރުމުގެ މާތް މަގުސަދުގައި އަގުހުރި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ "ނަސޭހަތް" ޔޫޓިއުބު ޗެނަލުން ހިއްސާ ކޮށްފައިވާ ވީޑިއޯ ރިޕޯޓެކެވެ.

"ނަސޭހަތް" ޔޫޓިއުބް ޗެނަލްގެ ރިޕޯޓް

މާތްވެގެންވާ އިސްލާމް ދީނަށާއި އަދި މިއުއްމަތުގެ މާތް ނަބިއްޔާއަށް ބަދުބަސްތައް ރައްދުކޮށް މިގައުމުގައިވާ ދީނީ އެއްބައިވަންތަކަން ނަގާލަން މަސައްކަތްކުރާ ކޮންމެ ބަޔަކާއި ދެކޮޅަށް ކޮންމެ މުސްލިމަކުވެސް އަޑު އުފުލަން ޖެހެއެވެ. ނަމަވެސް އަޅުގަނޑުމެންނީ މުސްލިމުން ކަމަށް ވާތީވެ މިކަން ކުރަންވާނީ އިސްލާމްދީން އަޅުގަނޑު މެންނަށް ދަސްކޮއްދީފައިވާ ރީތި އުސޫލާއި ހަމަތަކުގެ ތެރެއިންނެވެ.

މިގައުމަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ވުމުން މި ހަގީގަތް ހަޖަމް ކުރުމަށް ބޭރުގެ މިޝިނަރީންނަށް ވަރަށް އުނދަގޫވެއެވެ. އަދި މި ފަހުރު މިގައުމުން ނިގުޅައި ގަތުމަށް އެބައިމީހުން ދުރާލާ ރާވައިގެން އަންނަނީ އެތަކެއް މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް އިސްލާމް ދީނަށާއި މިގައުމުގެ މިނިވަންކަމަށް ބުރުލެއް އަރުވާލުމަށް ކުރެވޭ މަސައްކަތްތަކަށް ދިވެހިން އަބަދުވެސް ބުނަނީ ގަދައަޑުން ނޫނެކޭއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. މީހެއް

    Miyakee 100in100 muslimun ge gaumeh.mithaanga dhivehi dhidhaige dhashuga ulhey konme rahyyithakuves sahaadhathuge dhekalima kiyai miraahjeyge gaanoonu gaboolkohgen ulheybayakee. Veeiru islaam dheenaai idhikolhu hadhaa ehves meehakah migaumun ijaaba dhevigen nuvaane.laailaaha illah laah. Muhahmadhu rasooli laah. Mee muslimaku vihyyaa loabi kuraane 2 kalima. Ehenve

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ