ފެން ބިލްޑިންގ - ފޮޓޯ: ޕީއެސްއެމް

ހަޔަރ އެޑިއުކޭޝަންގެ އޮފީސް ފެން ބިލްޑިންގއަށް

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ހިންގަމުންދިޔަ އިމާރާތް ކުރިން ފެންބިލްޑިންގ އޮފީސް ހުރި އިމާރާތައް ބަދަލު ކުރުމަށް ނިންމައިިފިއެވެ.

އެމިނިސްޓްރީއިން މިމަހުގެ ސާދަ ވަނަ ދުވަހު ނެރެފައިވާ އިޢުލާނެއްގައި ވިދާޅުވީ، 20 އޮކްޓޯބަރ 2019 ވާ އާދިއްތަ ދުވަހުން ފެށިގެން މިނިސްޓްރީގެ އޮފީސް ހިންގަމުންދާނީ ފެންބިލްޑިންގ ހިންގި އިމާރާތުގެ 2 ވަނަ ފަންގިފިލާގައި ކަމަށެވެ.

މީގެއިތުރުން އޮފީސް ޢިމާރާތް ބަދަލުވުމާއެކު އެ މިނިސްޓްރީއަށް ގުޅޭނެ ފޯން ނަންބަރުތައްވެސް ބަދަލުވާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެފައިވާއިރު، މާދަމާއިން ފެށިގެން އެ މިނިސްޓްރީއަށް ގުޅޭނީ 3026966 އާއި 3026955 ނަންބަރަށް ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

އަދި އެ މިނިސްޓްރީގެ ހޮޓްލައިން ނަންބަރަކީ 7311474 ކަމުގައިވެސް އެމިނިސްޓްރީންވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ