ކަރިމް ބެންޒެމާ - ފޮޓޯ: ސޮކަރ

އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓުގައި ރައުލްއަށްވުރެ މަތީގައި ހުންނަން ބޭނުންވޭ – ބެންޒެމާ

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓްގައި ރައުލްއަށްވުރި މަތީގައި ހުންނަށް ބޭނުންވާކަމަށް ރެއަލްމެޑްރިޑްގެ ކަރިން ބެންޒެމާ ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި އަޔެކްސް އަދި ރެއަލްމެޑްރިޑް ބައްދަލުކުރި މެޗު 1-2 ގެ ނަތީޖާއަކުން ރެއަލްމެޑްރިޑް ކާމިޔާބުކުރިއިރު އެމެޗުގައި ރެއަލްމެޑްރިޑްއިންޖެހި ފުރަތަމަ ލަނޑު ޖަހައިދިނީ ބެންޒެމާއެވެ. އެލަނޑާއެކު ޗެމްޕިއަންސް ލީގުގައު ބެންޒެމާ ޖަހައިދިން ލަނޑު 60 އަށް އެރީއެވެ.

ރައުލް ގޮންޒަލޭޒް

މިލިސްޓްގައި 121 ލަނޑާއެކު ކްރިސްޓިއާނޯ ރޮނާލްޑޯ އޮތްއިރު ދެވަނައިގައި ލިއޮނަލް މެސީ އޮތީ 106 ލަނޑާއެކުގައެވެ. ބެންޒެމާގެ ކުރީގައި ލިސްޓްގެ ތިންވަނައިގައި ރައުލް އޮތީ 71 ލަނޑާއެކުގައެވެ. މިލިސްޓުން ރައުލްގެ މައްޗަށް އަރަން ބެންޒެމާ އަދި 12 ލަނޑު ބޭނުންވެއެވެ.

އީއެސްޕީއެން މެދުވެރިކޮށް ފްރާންސް ފުޓުބޯޅައަށް ދިން އިންޓަރވިއުއެއްގައި ބެންޒެމާ ބުނެފައިވަނީ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓްގައި ރައުލްއަށްވުރި މަތީގައި ހުންނަށް ބޭނުންވާކަމަށާއި މިއަހަރު ރެއަލްމެޑްރިޑަށް ކާމިޔާބުކޮށްދީފައިވާ ލަނޑުތަކުން އެކަންކުރުމުގެ ޤާބިލިއްޔަތު ހުރިކަން ސާފުވާކަމަށެވެ.

“އޭގެން (ލިސްޓުން) ދައްކައިދެނީ ކުރިންވެސް އަދި މުހިންމު ވަގުތު ތަކުގައި އަހަރެން ލަނޑުޖަހާފައިވާކަން. ޗެމްޕިއަންސް ލީގުގައި އެންމެ ދަށްކަމަށް ހީކުރާ ޓީމު އެބަދުވެސް އެންމެ އުނދަގޫވަނީ. ތާވަލުގެ އެހާ ހިސާބުގައި އަހަރެންގެ ނަން އޮންނަތަން ފެނުމުން ވަރަށް ފަޚުރުވެރިވޭ އަދި މައްޗަށް (ލިސްޓްގެ) ދާން ހިތްވަރުލިބޭ.” ބެންޒެމާ ބުނެފައިވެއެވެ.

މީގެއިތުރުން ދަނޑުމަތީގައި ތަފާސްހިސާބުތަކާ ދޭތެރޭ ނުވިސްނާކަމަށާއި، ޗެމްޕިއަސް ލީގުގެ ހިސްޓްރީ ތެރެއަށް ވަންނަށް ބޭނުންކަމަށާއި އެކަން ކުރަން ރައުލްގެ މައްޗަށް (ލިސްޓްގެ) އަރަން ޖެހޭކަމަށް ބެންޒެމާ ބުނެފައިވެއެވެ.

އަދި ޓީމަށް ލަނޑެއް ކާމިޔާބުކޮށްދެވުމުން އުފާވާކަމަށާއި މެޗުން މޮޅުނުވާނަމަ ޖަހާ ލަނޑަކީ ބޭކާރު އެއްޗެހިކަމަށާއި މިޒަމާނުގައި މީހާގެ ކުޅުމަށްވުރެ ބޮޑަށް ތަފާސްހިސާބުގެ ވާހަކަ ދައްކާތީ ހިތާމަކުރާކަމަށް ބެންޒެމާ ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް