ބެލަންޑޯ 2019 އަށް ނޮމިނޭޓްވި 30 ކުޅުންތެރިންގެ ނަންތައް ހާމަކޮށްފިއެވެ.
ހަތް ކުޅުންތެރިންނާއެކު ލިސްޓްގެ އެންމެ ކުރީގައި ލިވަޕޫލް އުޅޭއިރު، ދެވަނާގައި އޮތް މެންޗެސްޓާ ސިޓީގެ ފަސް ކުޅުންތެރިއަކު ނޮމިނޭޓްވެފައިވެއެވެ.
ސްޕެއިންގެ ގަދަ ދެބާރުކަމަށްވާ ބާސެލޯނާއާއި ރެއަލްމެޑްރިޑް އެކްލަބު އެއްކޮށް ޖުމްލަ ހަ ކުޅުންތެރިއަކު މިލިސްޓްގައިވެއެވެ. އެއީ ބާސެލޯނާގެ ހަތަރު ކުޅުންތެރިންނާއި ރެއަލްމެޑްރިޑްގެ ދެ ކުޅުންތެރިންނެވެ.
ބެލަންޑޯ 2019 އަށް ނޮމިނޭޓްވި 30 ކުޅުންތެރިން
- ލިވަޕޫލް - ވެންޑައިކް، ފިރްމީނޯ، އެލިސަން، ވައިނަލްޑަމް، އެލެކްޒެންޑާ އާނޯލްޑް، މާނޭ އަދި ސަލާޙް
- މެންޗެސްޓަރ ސިޓީ - ޑިބްރޫނޭ، މަޙްރޭޒް، ބަނާޑޯ ސިލްވާ، އަގުއޭރޯ އަދި ސްޓާލިން
- ބާސެލޯނާ - މެސީ، ގްރިޒްމަން، ސްޓެގަން އަދި ޑިޔޮން
- ރެއަލްމެޑްރިޑް - ބެންޒެމާ އަދި ހަޒާޑު
- ޓޮޓޭންހާމް - ސޮން އަދި ލޮރީސް
- އަޔެކްސް - ވެންޑަބީކް އަދި ޓަޑިޗް
- ޔުވެންޓަސް - ރޮނާލްޑޯ އަދި ޑެލީޓް
- ޕީއެސްޖީ - އެމްބާޕޭ އަދި މާކުއިނޯސް
- އެތުލެޓިކޯ މެޑްރިޑް - ޔާއޯ ފެލިކްސް
- ނަޕޯލީ - ކޮލިބަލީ
- ބަޔާން މިއުނިކް - ލެވެންޑޯސްކީ
- އާސެނަލް - އޮބަމަޔާން
މިދިޔައަހަރުގެ ބެލަންޑޯ ރެއަލްމެޑްރިޑްގެ ލޫކާ މޮޑްރިޗް ކާމިޔާބުކޮށްފައިވަނީ ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯއާއި ވާދަކޮށް ބޮޑު ތަފާތަކުންނެވެ. 753 ޕޮއިންޓް މޮޑްރިޗަށް ލިބިފައިވާއިރު ރޮނާލްޑޯއަށް ލިބިފައިވަނީ 476 ޕޮއިންޓެވެ.




