ޖޯން ސްނޯ އަދި ޑެނޭރީސް ޓައިގޭރިއަން

ގޭމް އޮފް ތުރޯންސް އާ ސީޒަންގެ ބައެއް މަންޒަރުތައް ފެންނަ އެޗްބީއޯގެ އިޝްތިހާރެއް

މިއަހަރުގެ އޭޕްރީލް މަހު 14 ގައި ގޭމް އޮފް ތުރޯންސް ގެ ސީޒަން 8 ޕްރިމިއަރކުރުމަށް ހަމަޖެހިފައިވާއިރު އެޗްބީއޯއިން އާ ސީޒަންގެ އޮފިޝިއަލް ޓްރެއިލާއެއް ދައްކާލާފައެއްނުވެއެވެ. ގޭމް އޮފް ތުރޯންސްގެ ސީޒަން 7 ނިކުތްފަހުން ދެއަހަރެއްހާ ދުވަސްވެފައިވާއިރު ސީޒަން 8 އަށް ސަޕޯޓަރުން ހުރީ ކެތް މަދުވެފައެވެ.

ގޭމް އޮފް ތުރޯންސް އާ ސީޒަންގެ އިންތިޒާރުގައި ތިބި ސަޕޯޓަރުންނަށް މިއޮތީ އުފާވެރި ޚަބަރެކެވެ. އެޗްބީއޯއިން 2019 ގައި ދައްކަންހުރި ސީރީޒްތަކުގެ އިޝްތިހާރު ދައްކާލާފައިވާއިރު އެއިޝްތިހާރުގެ ތެރެއިން ގޭމް އޮފް ތުރޯންސް އާ ސީޒަން ބައެއް މަންޒަރުތައްވަނީ ދައްކާލާފައެވެ.

އާޔާ ސްޓާކް

މިއިޝްތިހާރުގައި ގޭމް އޮފް ތުރޯންސް އާ ސީޒަންގެ މަދު މަންޒަރުތަކެއް ފެންނައިރު އަންސަލީޑް އަދި ޑޮތުރާކީ ވިންޓަރފެލްއަށް ހަނގުރާމައަށް ދާތަންފެނެއެވެ. ޑްރެގަންއާއެކު މިހަނގުރާމައަށް ދާއިރު ޑްރެގަން މަތިން އުދުހިފަ އަންނަތަންފެނި ނޯތު މީހުން ބިރުން އުޅޭ މަންޒަރު ފެނެއެވެ. ނަމަވެސް އާޔާ ސްޓާކް  ފެންނަނީ ހިނިތުން ވެލާފައި ހުންނަތަނެވެ.

އާޔާގެ މިހިނިތުންވުމަކީ ޑްރެގަންއާއެކު ޑެނޭރީސް ޓައިގޭރިއަން ފެނި ޑެނޭރީސް ޓައިގޭރިއަންއަށް އާޔާ ކުރާ ރެސްޕެކްޓެއްގެ ސަބަބުން ނުވަތަ ބޭބެ ޖޯން ސްނޯ ފެނުމުން މޫނު މަތިން ފެންނަ ހިނިތުންވުމެއްކަން ސާފެއްނުވެއެވެ. ފުރަތަމަ ސީޒަންގެ ދެވަނަ އެޕިސޯޑަށްފަހު އާޔާ އަދި ބޭބެ ޖޯން ސްނޯ ބައްދަލުވެފައެއްނުވެއެވެ.

https://www.youtube.com/watch?time_continue=2&v=9FHYri6Y4oA

ކޮންމެ އަކަސް މިހުރިހާ ސުވާލެއްގެ ޖަވާބު ލިބެންއޮތީ އޭޕްރީލް 14ގެ ފަހުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ