އެމްއެންޑީއެފް ކުޅިވަރު އެމްބެސެޑަރަކަށް އަސްޢަދު ޢަބްދުލްޣަނީ

ކުޅިވަރުގެ މައިދާނުގައި ސިފައިންގެ ތަމްސީލްކުރުމަށް އެމްއެންޑީއެފް ކުޅިވަރު އެމްބެސެޑަރ އަކަށް އަލްފާޟިލް އަސްޢަދު ޢަބްދުލްޣަނީ ހަމަޖައްސަވައިފިއެވެ.

މި މަޤާމަށް އަލްފާޟިލް އަސްޢަދު ޢަބްދުލްޣަނީ ހަމަޖައްސަވައި އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި އެމްއެންޑީއެފް ފްޓްސަލް ޗެލެންޖްގެ ނިންމުމުގެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.

އެމްއެންޑީއެފް ކުޅިވަރު އެމްބެސެޑަރގެ ގޮތުގައި ދިވެހި ކުޅިވަރުގެ މައިދާނުގައި ސިފައިން ޕްރޮމޯޓްކޮށް، ސިފައިންނަށް ރީތި ނަން ހޯދައިދީ ދިވެހި ސިފައިންގެ މެދުގައި ކުޅިވަރުގެ ރޫޚް އާލާކޮށް ދިރުވުމުގެ މަސައްކަތުގައި އަލްފާޟިލް އަސްޢަދު ޢަބްދުލްޣަނީ 2 އަހަރު ދުވަހަށް މަސައްކަތް ކުރައްވާގޮތައް ވަނީ ހަމަޖެހިފައެވެ.

އަލްފާޟިލް އަސްޢަދު ޢަބްދުލްޣަނީ އަކީ ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަން އަދާކޮށްފައިވާ ދިވެހި ކުޅިވަރުގައި ކާމިޔާބު އަދި ދިވެހި ރައްޔިތުން އެބޭކަލެއްގެ ކާމިޔާބީއަށް ފަޚުރުވެރިވާ ބޭކަލެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ