މާލޭ ސްވިމިންގ ޓްރެކް - ފޮޓޯ: އެޑިޝަން

ސްވިމިންގ ޓްރެކްގެ މަސައްކަތް ނުފެށި ލަސްވަނީ ބަލަންޖެހޭ ގިނަ ކަންތައްތަކެއް ހުރުމުން

ސްވިމިންގ ޓްރެކްގެ މަސައްކަތް ނުފެށި ލަސްވަނީ ބަލަންޖެހޭ ގިނަ ކަންތައްތަކެއް ހުރުމުންކަމަށް ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް އިސްމާޢީލް ޢަލީ ވިދާޅުވެއްޖެއެވެ.

އެގޮތުން ރޭވިގޮތާއި ޚިލާފަށް ގިނަ ދިރާސާތަކެއް ކުރަން ޖެހުނުކަމަށް އިސްމާޢީލް ޢަލީ ވިދާޅުވެފައިވާއިރު، އިތުރު ދިރާސާތަކެއް ކުރަން ޖެހުނީ މާލޭގެ އެއްގަމު ތޮއްޓަށް ގެއްލުމެއް ވެދާނެތީ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދިރާސާތަކަށް ފަހު ނޮވެމްބަރު މަހު ޢަމަލީ މަސައްކަތް ފެށޭވަރުވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މާލޭ އިރު ދެކުނު ފަރާތުގައި ގާއިމްކޮށްފައިވާ ސްވިމިންގ ޓްރެކްގައި ސިޑިބަރިއާއެކު ފާޚާނާ އާއި ފެންވަރާނެ ވަސީލަތްތައް ޤާއިމް ކޮށްދިނުމުގެ މަސައްކަތް މާޒިޔާ ކޮންސްޓްރަކްޝަން އާއި މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހު ޙަވާލުކޮށްފައިވީނަމަވެސް، މިމަސައްކަތް އަދި ފެށިފައެއް ނުވެއެވެ. މިމަސައްކަތް ނިންމަން އެކުންފުންޏަށް ދީފައިވަނީ 120 ދުވަހުގެ މުއްދަތެކެވެ.

ޓްރެކް ތަރައްޤީ ކުރުމުން އެސަރަޙައްދުގައި މުބާރާތްތައް ކުރިޔަށް ގެންދިޔުމަށް ވަރަށް ބޮޑު ލުޔެއް ފެތުންތެރިންނަށާއި ކުޅި ބަލަންދާ މީހުންނަށް ލިބިގެންދާނެ ކަމަށް ސްވިމިންގ އެސޯސިއޭޝަނުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ