އީޕީއެލް – މެޗްޑޭ 28: ލިވަޕޫލް، ސިޓީ، ޔުނައިޓެޑް އަދި އާސެނަލް މޮޅުވިއިރު ޗެލްސީން ޓޮޓޭންހާމް މާޔޫސްކޮށްލައިފި.

އިނގިރޭސި ޕްރިމިއަރ ލީގަށް ރޭ ވެގެން ދިޔައީ ބާރުބޮޑު ރެއަކަށެވެ. ލީގުގެ ހުރިހާ ޓީމެއްވެސް މެޗު ކުޅުނުއިރު  ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުން ވެޓްފޮޑް ބަލިކޮށް ތާވަލުގައި އެއްވަނައިގައި އޮތް ލިވަޕޫލްއިން އެއް ޕޮއިންޓްގެ ލީޑު ދެމެހެއްޓިއެވެ. 1-0 ގެ ނަތީޖާއަކުން ވެސްޓްހާމް ބަލިކޮށް ސިޓީން ދޫނުދީ ލިވަޕޫލްފަހަތުގައި ހިފެހެއްޓިއެވެ.

ޗެލްސީއިން 2-0 ގެ ނަތީޖާއަކުން ޓޮޓޭންހާމް ބަލިކޮށް، ޓޮޓޭންހާމް މާޔޫސްކޮށްލިއެވެ. އާސެނަލް ބޯންމަތުގެ މައްޗަށް 5-1ގެ ނަތީޖާއަކުން ކުރި ހޯދިއިރު ޔުނައިޓެޑް 1-3 ނަތީޖާއަކުން ކްރީސްޓަލް ޕެލެސް ބަލިކޮށް އެމީހުންގެ ފޯމް ދެމެހެއްޓިއެވެ

ސިޓީގެ މެޗު ފެށިގެން ދިޔައީ ސިޓީއިން ކާމިޔާބުކުރު ލީގު ކަޕް ތަށި ސަޕޯޓަރުންނަށް ދައްކާލުމަށްފަހުގައެވެ.

އެންމެ ފަހުގެ ޗެމްޕިއަން ސިޓީގެ ހަމައެކަނި ލަނޑު މެޗުގެ 59 ވަނަ މިނަޓްގައި އަގުއެރޯ ކާމިޔާނުކޮށްދިނީ ލިބިނު ޕެނަލްޓީއަކުންނެވެ. މިއީ މިސީޒަންގައި އަގުއެރޯ ކާމިޔާބުކޮށްދިން 25 ވަނަ ލަނޑެވެ. ނަމަވެސް މެޗުގެ ވަރަށް ކުރީކޮޅު ސިޓީން ލީޑުނަގަން ފުރުޞަތު ލިބުނު ނަމަވެސް ޑިބުރޫނޭގެ ހުރަހެއް ޑޭވިޑް ސިލްވާ ގޯލަށް ފޮނުވާލިއިރު މިހަމަލާ އަމާޒުވީ ގޯލް ދަނޑިއާއެވެ.

ވެސްޓް ހާމްގެ ފަރާތުން މުޅި މެޗުގައިވެސް މާބޮޑު ހަމަލާތަކެއް ފެނިގެން ނުދާއިރު ދެވަނަ ހާފުގެ ކުރީކޮޅު ވެސްޓްހާމްގެ ކެރޯލްގެ ހަމަލާއެއް ސިޓީގެ ކީޕަރު އެޑަސަންވަނީ ދިފާޢުކޮށްފައެވެ.

އަމިއްލަ ދަނޑުގައި 5-0 އިން ވެޓްފޯޑް ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ލިވަޕޫލުން އެއް ޕޮއިންޓުގެ ލީޑު ދެމެހެއްޓިއިރު ސަޑިއޯ މާނޭ އާއި ޑިފެންޑަރު ވާޖިން ވެން ޑައިކް، ކޮންމެ ކުޅުންތެރިޔަކު ޖެހި ދެ ލަނޑާއި ޑިވޮކް އޮރީގީ އެއް ލަނޑު ޖަހާދީފައިވެއެވެ.

ފުލުފުލުގައި ކުރިމަތިވި ދަށް ނަތީޖާތަކާ ގުޅިގެން މަގާމު ގެއްލިދާނެ ކަމުގެ ބިރުއޮތް ކޯޗު މައުރީޒިއޯ ސާރީގެ ޗެލްސީއިން ޓޮޓޭންހާމް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗުގައި އެ ޓީމުގެ ސްޕެނިޝް ވިންގާ ޕެޑްރޯ ގޯލް ލީޑު ނެގިއިރު ފަހު ލަނޑަކީ ޓޮޓެންހަމްގެ ކިއެރަން ޓްރިއްޕާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

އަނެއްކޮޅުން ވާދަވެރި ޓޮޓެންހަމް ބަލިވުމުގެ ފައިދާ ނަގައި އާސެނަލުން ވަނީ ބޯންމައުތު އަތުން 5-1 އިން ފަސޭހަކަމާއެކު މޮޅުވެ، ޓޮޓެންހަމްހާ ހަތަރު ޕޮއިންޓަށް ގާތްކޮށްފަ އެވެ. އެމިރޭޓްސްގައި އާސެނަލް މޮޅުވި މެޗުގައި ގޯލްތައް ޖަހައިދިނީ، މެސުތު އޮޒިލް، ހެންރިކް މިކިތާރްޔަން، ލޯރެން ކޮސިއެލްނީ، ޕިއެރޭ އެމެރިކް އޯބަޔަމަން އަދި އަލެކްސެންޑާ ލަކަޒޭ އެވެ.

އާ ކޯޗާއިއެކު ކުޅުން ރަނގަޅުކޮށް ލީގުގައި ފޯމް ދަމަހައްޓަމުން އަންނަ ޔުނައިޓެޑް ވަނީ ރޭ ކްރިސްޓަލް ޕެލަސް 3-1 ބަލިކޮށްފައެވެ. މުހިއްމު ގިނަ ކުޅުންތެރިން އަނިޔާގެ ސަބަބުން ނުލާ ކުޅުނު ޔުނައިޓެޑަށް މި މެޗުގައި، ފޯމުން ގެއްލިފައިވާ ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫ ވަނީ ދެ ގޯލް ޖަހައިދީފަ އެވެ. އޭގެ ފަހުން ޕެލަސްގެ ޖޮއެލް ވާޑް ތަފާތުކުޑަކޮށްދީފައިވަނިކޮށް ޔުނައިޓެޑުގެ ތިން ވަނަ ގޯލް ޖެހީ އޭޝްލީ ޔަންގް އެވެ.

ތާވަލަށް ބަލާއިރު 69 ޕޮއިންޓާއެކު އެއްވަނައިގައި ލިވަޕޫލްއޮތްއިރު ސިޓީ ދެވަނައިގައި އޮތީ 68 ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި އޮތް ޓޮޓޭންހާމްއަށް ލިބިފައިވަނީ 60 ޕޮއިންޓެވެ. 56 ޕޮއިންޓާއެކު ހަތަރު ވަނައިގައި އާސެނަލް އޮތްއިރު އާސެނަލްއަށް ވުރެ އެއް ޕޮއިންޓް މަދުން ފަސްވަނައިގައި އޮތީ ޔުނައިޓެޑްއެވެ. ޗެލްސީއަށް ތާވަލުގެ ހަވަނަ ލިބެނީ ކުޅުނު 28 މެޗުން ލިބުނު 53 ޕޮއިންޓާއެކުގައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް