ޗެމްޕިއަންސް ލީގުގައި މިދިޔަ މަހުގެ 14 ވަނަ ދުވަހުގެރޭ އަޔަކްސްއާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުގައި އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް ގަސްދުގައި ރީނދޫ ކާޑެއް ހޯދި މައްސަލައިގައި ޔުއެފާ އިން ދެމެޗަށް ސަސްޕެންޑް ކޮށްފިއެވެ.
މިސަސްޕެންޝަންގެ ސަބަބުން ޗެމްޕިއަންސް ލީގު ގަދަ 16 ގައި ދެ ވަނަ ލެގައި އަންނަ އަންގާރަ ދުވަހުގެރޭ ރެއަލްމެޑްރިޑް އަދި އަޔެކްސް ބައްދަލުކުރާ މެޗު ނުކުޅުވޭއިރު، ކުއާޓާ ފައިނަލަށް މެޑްރިޑް ދަތުރުކޮށްފި ނަމަ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައިވެސް ނުކުޅެވޭނެ އެވެ.
ރެއާލް މެޑްރިޑް 2-1 އިން ކުރީގައި އޮއްވާ މެޗުގެ 89 ވަނަ މިނެޓުގައި ރާމޯސް އަށް ރެފްރީ ރީނދޫ ކާޑު ދެއްކީ އަޔަކްސްގެ ކެސްޕާ ޑޯލްބާގަށް ކުރި ފައުލަކަށެވެ. އެމެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ގަސްދުގައި ކާޑެއް ހޯދަން ނޫން ގޮތަކަށް އޭނާ އެކަން ކުރި ވާހަކަ ބުނެފި ނަމަ، އެ ވާނީ ދޮގު ހެދުންކަމަށް ރާމޯސް ބުނެފައިވެއެވެ. އެއާއެކު ޔޫއެފާއިން އެމައްސަލަ ބަލަން ފެށިއެވެ. އަދި ފަހުން އޭނާ އިޝާރާތްކުރީ އެ ފައުލްކުރަން ބާރުލީ ވާހަކައަށް ކަމަށާއި ރީނދޫ ކާޑެއް ހޯދަން ބާރުލީ ވާހަކައަށް ނޫން ރާމޯސް ބުނެފައިވެއެވެ.