ދުނިޔޭގެ ބޮޑީ ބިލްޑިންގ މުބާރާތުން ރާއްޖެއަށް 2 ލޯ މެޑަލް

ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕުން ރާއްޖޭގެ ބޮޑީބިލްޑަރުން ދެ ލޯ މެޑަލް ހޯދައިފިއެވެ.

ދެކުނު ކޮރެއާގައި މިހާރު ކުރިއަށްދާ މުބާރާތުން ރާއްޖެއަށް ލޯ މެޑަލް ހޯދައިދިން ދެ އެތްލީޓުންނަކީ އަޒްނީން ރަޝާދުއާއި މުޙައްމަދު މޫސާއެވެ.

އަޒްނީން ލޯ މެޑަލް ހޯދީ ފިރިހެނުންގެ ސްޕޯޓްސް ފިޒީކް 170 ސެންޓިމީޓަރު ބައިން. އޭނާވަނީ މިދިޔަ ޖުލައި މަހު ދެކުނު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތުން ރާއްޖެ އަށް ރަން މެޑަލް ހޯދާފައެވެ. އަދި މުޙައްމަދު މޫސާ ލޯ މެޑަލް ހޯދީ 55 ކިލޯގެ ސީނިއާ މެންސް ބޮޑީބިލްޑިން ކެޓަގަރީންނެވެ. މުހައްމަދު މޫސާ ވަނީ ނޭޕާލުގައި ބޭއްވި ދެކުނު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތުގެ މި ކެޓަގަރީން ރާއްޖެ ރަން މެޑަ ހޯދާފައެވެ.

ދުނިޔޭގެ ބޮޑީ ބިލްޑިންގ މުބާރާތުގައި ރާއްޖޭގެ ތަޖުރިބާކާރު ބޮޑީބިލްޑަރު މަހުމޫދު ޒިޔާދުވަނީ 160 ސެންޓިމީޓަރު ސްޕޯޓްސް ފިޒީކް ބައިން ހަތަރުވަނަ ހޯދައިފައެވެ.

މިފަހަރުގެ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕުން ހޯދި ކާމިޔާބީއަކީ މިހާތަނަށް ބައިނަލްއަގްވާމީ މުބާރާތަކުން ރާއްޖޭގެ ބޮޑީބިލްޑަރުން ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ