ބ.ފުޅަދޫ ބަނދަރު ހެދުމުގެ މަޝްރޫޢު 7 ނޮވެމްބަރ 2019ވީ ބުރާސްފަތި ދުވަހު ފަށައިފިއެވެ.
މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓަކްޗަރގެ ފަރާތުން 48,297,417.22 ރުފިޔާއަށް އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކޮށްފައިވަނީ 2 ޖުލައި 2019 ގައެވެ.

މިމަޝްރޫޢުގެ ދަށުން 51.861 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރުމާއި، 108 މީޓަރުގެ ބޭރު ތޮށި ލުމާއި، 300 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 223 މީޓަރުގެ އެތެރެ ތޮށި ލުމާއި، މޫރިން ބްލޮކްސްވުމާއި އަދި ޕޭވްމަންޓް ހެދުން ހިމެނެއެވެ. އަދި މީގެ އިތުރުން ކޭމްޕެއްލުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.



