އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލް އެވަޓަންއާ ބަދަލުކޮށް އެއްވަރުވި މެޗަށްފަހު ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ލިވަޕޫލް ކުޅެނީ ފުޓްބޯޅަ ކަމަށާއި ޕީއެސްއެއް ނޫން ކަމަށް ލިވަޕޫލްގެ ކޯޗު ކްލޮޕް ބުނެފިއެވެ.
ލިވަޕޫލް އެންމެ ފަހުން ކުޅުނު ހަމެޗުގެ ތެރެއިން ހަތަރު މެޗުންވަނީ އެއްވަރު ވެފައެވެ. ރޭ އެވަޓަންއާ 0-0 އިން އެއްވަރު މެޗަށްފަހު ލިވަޕޫލްވަނީ ތާވަލްގެ ދެވަނައަށް ވެއްޓިފައެވެ. ބާކީ 9 މެޗު ބާކީއޮތްއިރު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް 71 ޕޮއިންޓް ލިބިފައިވާއިރު ލިވަޕޫލަށް ލިބިފައިވަނީ 70 ޕޮއިންޓެވެ.
މެޗުގެ 84 ވަނަ މިނަޓްގައި ސްޓްރައިކާ މާނޭ ގެ ބަދަލުގައި މިޑްފީލްޑަރު ލަލާނާ ކުޅެން އެރުވުމާއި ގުލޭގޮތުން މެޗަށްފަހު ކްލޮޕްއާ ގިނަ ސުވާލުތަކެއް ކުރިމަތިވިއެވެ.
"ތިސުވާލާއި ގުޅިގެން އަހަރެން ވަރަށް ދެރަވެއްޖެ، މިއީ ފުޓުބޯޅަ އަހަރެމެން ކުޅެނީ ޕީއެސްއެއް ނޫން" ކްލޮޕް ބުނެފައިވެއެވެ.
މީގެ އިތުރުން އެއްވަރުވާ ކޮންމެ މެޗެއްގައިވެސް މަސައްކަތްކުރަނީ މޮޅުވާން ކަމަށާއި ޓީމު މިހާރުވެސް އެޓޭކް ވަރުގަދަކަމަށާއި ބާކީއޮތް ނުވަ މެޗުގައިވެސް ރިސްކް ނަގަން ޖެހިލުން ނުވާކަމަށް ކްލޮޕް ބުނެފައިވެއެވެ.
މިޑްފީލްޑަރެއްގެ ބަދަލުގައި އިތުރު ސްޓްރައިކަރެއް އަރުވާ އެޓޭކް ވަރުގަދަ ކުރުމަށް ނޫސްވެރިޔަކު ހިޔާލު ފާޅުކުރުމުން މެޗުގައި ހަތަރު ފަސް ސްޓްރައިކަރުން އަރުވައިގެން ނުކުޅެވޭނެ ކަމަށާއި، ޕްރިމިއާ ލީގުގައި އެގޮތަށް ކުޅެން މަސައްކަތް ކޮށްފިނަމަ ލަނޑު ދޭނެކަމަށާއި ކައުންޓަރ އެޓޭކްގައި އިދިކޮޅު ޓީމު ލަނޑުޖަހާނެކަން 100 ޕަސެންޓް ޔަގީންކަމަށް ކްލޮޕް ބުނެފައިވެއެވެ.
ލިވަޕޫލަށް 1990 ގައި އިނގިރޭސި ލީގު ކާމިޔާބުކޮށްފައިވާއިރު ޕްރިމިއާ ލީގަށް މިމުބާރާތުގެ ނަން ބަދަލުކުރި ފަހުން އަދި މިމުބާރާތް ކާމިޔާބުކުރެވިފައެއް ނުވެއެވެ. ނަމަވެސް މިސީޒަންގައި ލިވަޕޫލްއިން ޕްރިމިއާ ލީގަށް ކުރާ ދިގު އިންތިޒާރަށް ނިމުމެއް ގެނޭވޭނެކަމަށް އަދިވެސް ކްލޮޕް ޤަބޫލުކުރެއެވެ.

ޕްރިމިއާ ލީގުގައި ރޭ ފުލްހަމް ބަލިކޮށް ޗެލްސީއިން ގަދަ ހަތަރަކަށް އަމާޒު ހިފައިފިއެވެ. ކީޕަރު ކެޕާ ހިމަނައިގެން ކުޅުނު މިމެޗު ނި 2-1 ގެ ނަތީޖާއަކުންނެވެ. ޗެލްސީގެ ފުރަތަމަ ލަނޑު މެޗުގެ 20 މިނަޓްގައި ޖަހައިދިނީ ހިގުއައިންއެވެ.
އޭގެ ހަތްމިނަޓްފަހުން ފުލްހަމްއިންވަނީ ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޗެމްބާސްއެވެ. ފުރަމަ ހާފު ނިމުމުގެ ކުރިން ޗެލްސީއިން އިތުރު ލަނޑެއްޖަހައި ލީޑުނެގިއެވެ.
މެޗުގެ 31 ވަނަ މިނަޓްގައި ޖޮޖީނިއޯ މިހިތްގައިމު ލަނޑު ޖަހައިދިންއިރު މެޗު ނިމުނީ މިނަތީޖާގައި އޮވެގެންނެވެ.




