ޤައުމީ 44 ވަނަ ފެތުމުގެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ރޭ ޖަމާލުއްދީނު ސްކޫލުގައި މި މުބާރާތުގެ ނިންމުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މުބާރާތުގައި ފެތުންތެރިން ބައިވެރިވި ޖޫނިއަރ ގުރޫޕާއި ސީނިއަރ ގުރޫޕާއި މާސްޓާސް ގުރޫޕު އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބައި އަދި ޓީމުތަކުގެ ގުރޫޕުން އެކި ވަނަތައް ހާޞިލުކުރި ފަރާތްތަކަށް މެޑެލް ހަވާކޮށްފައިވެއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެކި ގްރޫޕްތަކުން އެއް ވަނަ ހޯދި ޓީމުތަކާއި ފެތުންތެރިންނަށް ތައްޓާއި އިނާމު ހަވާލުކޮށްދެއްވާފައެވެ.
މި މުބާރާތުގެ އެކި ކެޓަގަރީތަކުގައި ޖުމްލަ 172 ފެތުންތެރިން ވާދަކޮށްފައިވެއެވެ.



