މިނިސްޓަރ ޢަލީ ވަހީދު - ފޮޓޯ: ޕީއެސްއެމް

ކުޑަކުދިން ރޭޕް ކުރުމަށް އެއްވެސް ހުއްޖަތެއް ނޯންނާނެ: އަލީ ވަޙީދު

ކުޑަކުދިން ރޭޕް ކުރުމަށް އެއްވެސް ހުއްޖަތެއް ނޯންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

13 ކުއްޖަކު ބަލިވެ އިން މައްސަލަ ފުލުހުން ބަލަމުންދާ މިދަނޑުވަޅުގައި ޢަލީ ވަޙީދު ވިދާޅުވީ، ކުޑަކުދިންގެ މަޢުސޫމްކަމަކީ އެކުދިންނަށް ލިބިގެންވާ ދީނީ އަދި ދުނިޔަވީ އެންމެ މަތިވެރި އެއް ޙައްޤުކަމަށާއި އެޙައްޤުން އެމައުސޫމް ތުއްތު ކުއްޖާ ނިގުޅައިގަނެ ރޭޕް ކުރުމުގެ ޙައްޤެއް އެކަކަށްވެސް ނޯންނާނެކަމަށެވެ.

"އެކަން ޖަސްޓިފައި ކުރައްވަން ނޫޅުއްވާ. އެއްވެސް ޙުއްޖަތެއް ކުދިން ރޭޕް ކުރުމަކަށް ނޯންނާނެ." ޢަލީ ވަޙީދު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

މިނޫހަށް އެނގިފައިވާ ގޮތުގައި ބަލިވެއިން 13 އަހަރުގެ އަންހެން ކުއްޖަކީ ކުރީ ރޭ ލަނޑާ ނަގާ ދޯންޏެއްގައި އަނިޔާކުރުމަށްފަހު ކަނޑަށް އެއްލާލި ރ.މަޑުއްވަރީ ޒުވާނާ ކޯޓުން ބޭރުގައި ކައިވެނިކޮށްގެން އުޅޭ އަންހެން ކުއްޖާއެވެ.

އަދި އެކުއްޖާ އުޅެނީ ކައިވެނިކޮށްގެންކަން އެންގެންނެތްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިއްޔެވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ