ޕާކިން މައްސަލައަށް ލުޔެއް ހޯދުމަށް، ޕްލޭންކުރެވިފައިވާ ސަރަޙައްދުތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްލަވާލައްވައިފި

މާލެސިޓީގެ މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމާ ޕާކިންގެ މައްސަލައަށް ލުޔެއް ހޯދުމަށް ކަމާބެހޭ ފަރާތްތައް ގުޅިގެން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، ބައެއް ކަންކަން ކުރިޔަށްގެންދެވުމަށް ޕްލޭންކުރެވިފައިވާ ސަރަޙައްދުތައް ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެ ސަރަހައްދުތަކަށް ޒިޔާރަތްކުރައްވައިފިއެވެ.

އެގޮތުން މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކުރީގެ ދަރުމަވަންތަ ސްކޫލުގެ އިމާރާތް ހުރި ސައިޓަށާއި، އަމީނިއްޔާ ސްކޫލަށް ޒިޔާރަތްކުރައްވާފައެވެ. އަދި ގްރޭޓަރ މާލެ ބަސް ސްޓޭޝަން ސަރަޙައްދަށާއި ކުރީގެ ވެސްޓްޕާކް ސަރަޙައްދަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޒިޔާރަތްކުރައްވައި އެ ދެ ސަރަޙައްދުވެސް އެމަނިކުފާނު ވަނީ ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ޒިޔާރަތްތަކުގައި މާލެސިޓީ ކައުންސިލުގެ އިސްވެރިންނާއި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އިސްވެރިން ބައިވެރިވެ ވަޑައިގެންފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ