އައި.ޓީ.ބީ ފެއާގައި ބައިވެރިވެ ވަޑައިގަތުމަށް ނައިބު ރައީސް ޖަރުމަނުވިލާތަށް

ޖަރުމަނު ވިލާތުގެ ބާލިންގ ގައި މި މަހު 06 އިން 10 އަށް ބާއްވާ އިންޓަރނޭޝަނަލް ޓުއަރިޒަމް ބޯސް (އައި.ޓީ.ބީ) ފެއާގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ރޭ ޖަރުމަން ވިލާތަށް ފުރާވަޑައިގެންފިއެވެ.

އެމަނިކުފާނު މި ފެއާގައި ބައިވެރިވެވަޑައިގަންނަވަނީ މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ ދަޢުވަތަކަށެވެ.

މި ފެއާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެ ވަޑައިގަންނަވަނީ ރާއްޖެއިން ފެއާގައި ބައިވެރިވާ ވަފުދުގެ އެންމެ އިސް ބޭފުޅެއްގެ ހައިސިއްޔަތުންނެވެ.

އައި.ޓީ.ބީ ބާލިންގ ފެއާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުން އެއްތަނަކަށް ޖަމާވެ ފަތުރުވެރިކަން އިސްތިހާރުކޮށް އެވިޔަފާރި މާރކެޓް ކުރުމަށް ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ހަރަކާތެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް