ދިރާގުން ސެމްސަންގްގެ އެންމެ ފަހުގެ ޕްލެގްޝިޕް ފޯނު، ގެލެކްސީ އެސް 10 ރާއްޖޭގައި ރަސްމީކޮށް މިރޭ ތައާރަފު ކޮށްފިއެވެ.
މި އިވެންޓް ބާއްވައިފައި ވަނީ އާއްމުކޮށް ހުރިހާ ބޭފުޅުންނަށް ހުޅުވާލައިގެން، ބްރިޖް ވިޔުއިން ޕްލެޓްފޯމުގައި އެވެ.
މި ހަފުލާގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް މި ފޯނު ދައްކާލައި، އަދި އޭގެ އިތުރުން މި އިވެންޓަށް ވަޑައިގަންނަވާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަށް މީގެ ފޯނެއް ލިބުމުގެ ފުރުސަތުވެސް ލިބިގެންދާނެކަމަށްވެސް ދިރާގުން ވިދާޅުވިއެވެ.
މަންދީރާގެ ފޯރިގަދަ ބޮޑުބެެރު ހަރަކާާތްތަކާއެކު ކުރިއަށް ގެންދިޔަ އެ ހަފްލާގެ ތެރޭގައި ފުރަތަމަ ފަހަރަށް މި ފޯނު ދައްކާލިއެވެ. އަދި އެ ހަފްލާއަށް ދިޔަ މީހުންގެ ތެރެއިން އެކަކަށް ވަނީ ގެލެކްސީ 10 ޕްލަސް ފޯނެއް ދީފައެވެ. މީގެ އިތުރުން އާއްމުންނަށް ފޯން އެކްސްޕީރިއަންސް ކުރުމުގެ ފުރުސަތުވެސް ވަނީ ދީފައެވެ.
ދިރާގުން މިރޭ ފޯނު ނެރުނުއިރު، މި މަހުގެ އަށް ވަނަ ދުވަހުން ފެށިގެން މި ފޯންތަކަށް ޕްރިއޯޑަރ ކުރެވޭނެއެވެ. އަދި އެ ދުވަހުން ފެށިގެން ދިރާގު ވެބްސައިޓް މެދުވެރިކޮށް ޕްރިއޯޑަރ ކުރެވޭއިރު، މިފަހަރުވެސް އިންސްޓޯލްމެންޓަށް ފޯނު ނެގޭނެއެވެ.
ދިރާގުން އިންސްޓޯލްމެންޓް ޕްލޭންތައް މެދުވެރިކޮށް ފޯންތައް ނެގޭނީ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެކަންޏެވެ. އަދި ފުލްޕޭމެންޓް އެއްކޮށް ދައްކައިގެންވެސް ފޯން ނެގޭ ގޮތަށް ދިރާގުން ވަނީ ހަމަޖައްސާފައެވެ.
ދިރާގުން ވިދާޅުވީ، މި ފޯނަށް ޕްރިއޯޑަރ ކުރާ ފަރާތްތަކުގެ ތެރެއިން ދިރާގުގެ ފަރާާތުން ހަދިޔާއެއްގެ ގޮތުގައި ސެމްސަންގ ބަޑްއެއް ދިނުމަށް ނިންމައިފިއިވާ ކަމަށެވެ.
ސެމްސަންގެ ގެލެކްސީ އެސް 10 އަދި އެސް 10 ޕްލަސް އަކީ ސެމްސަންގ ގެލެކްސީ ސީރީޒްގެ 10 ވަނަ އަހަރީ ފޯންކަމަށްވާއިރު، ސެމްސަންގް އެސް 10 ޕްލަސްގައި ޖުމްލް 5 ކެމެރާ (2 ފްރަންޓް ކެމެރާ، 3 ބެކް ކެމެރާ)، އޮން ސްކްރީން ފިންގަރ ޕްރިންޓް އަދި ވަޔަރލެސް ޕަވަރ ޝެއަރިން، އަދިވެސް އިތުރު އިނޮވޭޓިވް ފީޗަރސްތައް ހިމެނެއެވެ.
Official Launch of Samsung Galaxy S10 | S10+ in the Maldives! ?? pic.twitter.com/a8FWbyITis
— Dhiraagu (@Dhiraagu) March 5, 2019
ވަޔަލެސް ޕަވާ ޝެއަރިންގެ ޓެކްނޮލަޖީ ހިމެނާފައިވާ މި ފޯނުން 4ކޭ ވީޑިއޯގެ އިތުރުން ސްޓޫޑިއޯ ގްރޭޓް ފޮޓޯ ނެގޭނެއެވެ.
ދިރާގަކީ ރާއްޖޭގައި ސެމްސަންގްގެ އޮތޮރައިޒްޑް ޑިސްޓިރިބިއުޓާއެވެ. ދިރާގުން 2015 ވަނަ އަހަރުން ފެށިގެން ސެމްސަންގާއި ގުޅިގެން ދަނީ ރާއްޖޭގައި ސެމްސަންގް ގެ ފޯނުތައް ރަސްމީކޮށް ތައާރަފު ކުރަމުންނެވެ.



