މަސްވެރިއެއްގެ ހާލު ސީރިއަސްވެގެން މާލެ ގެނެސްފި

މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏެއްގައި ހުރި މަސްވެރިއެއްގެ ހާލު ސީރިއަސް ވެއްޖެއެވެ.

ހާލު ދެރަވެފައިވަނީ ކ.ފިހާޅޮހި އައިލެންޑް ރިސޯޓްގެ ހުޅަނގުން 7 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަމުންދިޔަ "ފެޝަން 14" ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި 50 އަހަރުގެ ދިވެހި ފިރިހެނެއްގެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އޭނާގެ ހާލު ބޮޑުވެގެން، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ކޯސްޓްގާޑް ނޫރައްދީން ލޯންޗުގައި މިރޭ 22:25 ހާއިރު މާލެ ގެނެސްދީފައިވާ ކަމަށެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ މިރޭ 20:22 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މިނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަސްވެރިޔާގެ ހާލު ސީރިއަސްވެފައިވަނީ، ކުއްލިއަކަށް އަނބުރައިގަނެގެން ދޯނިތެރެއަށް ވެއްޓުމާއި ގުޅިގެންނެވެ.

އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އެ މަސްވެރިޔާ މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.

މިލިޔުން ކިޔާލުމުން
3
ގުޅުންހުރި ލިޔުންތައް

3 Responses

  1. Nsne

    2 gadi iru fahuntha eyna balaa dheveyvaruvee

  2. މުހައިމިން

    ޚަބަރު ލިބުމާ މާލެ ގެނައުމާ ދެމެދު އެންމެ 3 މިނިޓް. ކިހާ ގަދަ. މިއީ އެބުނާ ފައްކާ ނޫސްވެރިކަމަކީ.

  3. މީހެއް

    Gud job

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ