ރާއްޖޭގެ ވެރިރަށް މާލެއާ 279 ކިލޯމީޓަރު ދުރުގައި، ތިލަދުންމަތީ ދެކުނުބުރީގެ ދެމުގައި އޮންނަ، ބިމުގެ ގޮތުން ކުޑަ ކުނބުރުދޫއަކީ މިއަދު ފަޅުރަށެއް ނަމަވެސް މީގެ އަހަރުތަކެއް ކުރިން ހިތްހެޔޮ ރައްޔިތުންތަކެއް ދިރިއުޅުނު ރަށެކެވެ. ނަމަވެސް މިއަދު ކުނބުރުދޫއަކީ ފަޅުވެ ވީރާނާވަމުންދާ ރަށެކެވެ. ދެ މިސްކިތް ފިޔަވައި ފުރާޅުހުރި ތަނެއް ނެތްމެއެވެ. ހިނގާބިނގާވެ އުޅުނު މަގުތަކުގައި ވިނަހެދި ހަނި މަގުތަކަކަށް ބަދަލުވެފައިވާއިރު، ގިނަ މަގުތަކުން ހިނގެންވެސް ނެތްމެއެވެ.
ތިލަދުންމަތީ ދެކުނުބުރިއަކީ ނޫސްވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ އަތޮޅެކެވެ. އަތޮޅުގެ ރަށްތަކަށް ނިސްބަތްވާ އެތައް ނޫހެއް މިހާރުވެސް ހިންގަމުންދާ މަންޒަރު ފެނެއެވެ. ނަތީޖާއެއްގެ ގޮތުން ޢާއްމުކޮށް މީހުންނަށް ނޭނގޭ މުހިންމު ކަންކަން ދިޔައީ ތިލަވަމުންނެވެ. އެންމެ ފަހުން މީޑިއާއަށް ތިލަވެގެން ދިޔަ ހައިރާންކުރަނިވި އެއް ކަމަކީ ހދ. ކުނބުރުދޫގައި ހުރި ހިތްގައިމު މިސްކިތަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާކަމުގެ ހިތާމަވެރި ޚަބަރެވެ.

ކުނބުރުދޫއާ އެންމެ ކައިރީގައި އޮތް މީހުން ދިރިއުޅޭ ރަށަކީ ކުރިނބީއަށް ވުމުން ކުނބުރުދޫގެ އަވަށްޓެރިޔާއަށް ވެފައިވީ ކުރިނބީއެވެ. އަވަށްޓެރިންނަކީ ކަމެއް ދަމެއް ބޮޑުވުމުންވެސް އެންމެ އަވަހަށް އެހީތެރިކަމުގެ އަތް ދިއްކޮށްލާނެ މީހުންނެވެ. ކުނބުރުދޫ މިސްކިތަށް ގެއްލުންދީފައިވާކަމުގެ ޚަބަރު ތިލަކުރި ބީދައިން، ކުރިނބީ ޒުވާނުން މިވަނީ އެއަށްވުރެ މާބޮޑަށްވެސް ހިތްގައިމު ޚިދުމަތެއް ކޮށްފައެވެ.
"މީހުން ދިރިނޫޅޭ ފަޅުރަށެއް ނަމަވެސް ކުނބުރުދޫ މިސްކިތުގައި ބޭއަދަބީ ބަސްތަކާއެކު އެތައް އެއްޗެއް ލިޔެ، މިސްކިތަށް ފުޅިތޮށި އަޅައި، ކުނިގޮނޑަކަށް ހަދައި، މިސްކިތަށް ގެއްލުންދީފައިވުން އެއްގޮތަކަށްވެސް ބަލައެއް ނުގަނެވުނު." ކުރިނބީ ޒުވާނުންގެ ތެރެއިން އިސްނެގި ޒުވާނަކު ވިދާޅުވިއެވެ.

ކުނބުރުދޫ މިސްކިތުގެ ޙާލަތު ފެނި ކުރިނބީ ޒުވާނުންގެ ތެރެއިން އެއްބަޔަކު ނިންމީ، އެ މިސްކިތުގެ ޙާލަތު ބަދަލު ބަދަލުކުރުމަށް ތެދުވާށެވެ. ހަނު ހުރުމުގެ ބަދަލުގައި އަލިމަގެއް ހޯދާށެވެ. މިސްކިތް ހުރި ހާލަތުން ރަނގަޅު ހާލަތަކަށް ބަދަލުކުރުމަށް މާލީ އެހީތެރިކަންވެސް ބޭނުންވާތީ އެ ޒުވާނުން ރަށުގެ އެހެން ޒުވާނުންގެ އެހީތެރިކަމަށް އެދުނެވެ. އެ ޒުވާނުންގެ ވިސްނުމާ އެއްބަޔަކު ދެބަސްވި ނަމަވެސް ތަޢުލީމީ ޒުވާނުން ބުނަމުންދިޔައީ އެކަމަށް ތެދުވުމަކީ ރަނގަޅު ކަމެއް ކަމަށެވެ. ގޮންޖެހުންތަކާ އެކުވެސް ޒުވާނުން ދިޔައީ ކުރިއަށެވެ.
ޒުވާނުންގެ އެހީތެރިކަމަށް ގޮވާލި ގޮވާލުމަށް އިޖާބަދެއްވި ޒުވާނުންނަށް އިސްނަގައި ތެދުވި ޒުވާނުން ޝުކުރު އަދާކުރެއެވެ. މާލީގޮތުން އެހީތެރިވި ފަރާތްތަކުގެ ތެރޭގައި ކުރިނބީ ކައުންސިލްގެ ރައީސް މުޙައްމަދު އަފްރާހް، ކައުންސިލްގެ ނައިބު ރައީސް ޢަބްދުލްފައްތާޙް ޢަބޫބަކުރު، ކައުންސިލް މެންބަރު މުޙައްމަދު ޝާފީ އަދި ބުލްބުލާގޭ ހުސައިން ޝަރީފް، އަމާޒް މުޙައްމަދު ލަތީފް، ފެނަކަ ކުރިނބީ ބްރާންޗުގެ އ. މެނޭޖަރ މޫސާ ނަޛީރު، ރަބީއުގެ ހަސަން މަޢުސޫމް، ދޫރެސް އަޙްމަދު ވަޖީޙް އަދި ސޫރަޖް ޢަލީ ވިސާމް ހިމެނެއެވެ.

ކުރިނބީ ހަތް ޒުވާނުންގެ ލަސްކަރު އަތުކުރި އޮޅާލާ ތެދުވެ ފާރުގައި ލާ ކުލައާއި، ކުލަ ލާނެ އަދި ސާފުކުރާނެ ސާމާނު ހޯދިއެވެ. ކޮއްތުދަރާ ބޯފެން ޖަމާކޮށްލިއެވެ. ކުރި ޕްލޭންތަކާ އެއްގޮތަށް ކުރިނބީ ވައިލެޓްވިލާ ހާމިދު އާދަމްގެ ޑިންގީގައި ހިލޭ ދަތުރު ފެށީ ކުނބުރުދޫއަށެވެ. 10 މިނެޓްގެ ކުރު ދަތުގައި ބައިވެރިވީ އެރަށު އައްސޭރި އަޙްމަދު ސިނާޒް، ވީނަސް ހުސައިން ވަހީދު، ބަގީޗާގޭ ޙަސަން ޞިޔާޙް، ސޫރަޖް ޢަލީ ވިސާމް އަދި އިބްރާހީމް ނާސިފް އިތުރުން އަނޯނާގޭ މުޙައްމަދު ވިސާހް އަދި ސަމާ، ޢަލީ އަނޫފްއެވެ.
ޒުވާން ލަސްކަރު ކުނބުރުދޫއަށް އެރީ ހެނދުނު 08:45 ހާއިރުއެވެ. އެންމެ މިނެޓެއްވެސް ބޭކާރު ކޮށްނުލާ މަސައްކަތް ފެށީ ކުރަންޖެހޭ މަސައްކަތުގެ މުހިންމުކަމާއި ބުރަކަން އިޙްސާސް ކުރެވޭތީކަމަށް އެޒުވާނުން ވިދާޅުވިއެވެ. ތަންޑިޔާ ޖަހައިގެން ކުލަ ފާޓާ އަދި ފެންހަންތަކުގެ އިތުރުން އެހެނިގެން ސާމާނު ކުނބުރުދޫ މަސްޖިދުލް އިޙްސާން އާ ހަމައަށް ގެންދިޔައެވެ. ގްރޫޕްތަކަކަށް ބަހާލައި އިސާހިތަކު އެ ޒުވާނުންގެ އުއްމީދީ މަސައްކަތް ފަށައިގަތެވެ.

ގަސްހެދިފައި ވުމުގެ ސަބަބުން ފެންވަޅު ފެންނަން ނެތް ނަމަވެސް، އެއްބަޔަކު ގަސްތައް ކޮށައި ފެންވަޅު ދިޔަހިއްކަން ފެށިއެވެ. އަނެއް ބަޔަކު މިސްކިތު ތެރޭގައި އޮތް ފުނިޖެހިފައި އޮތް ކުނިތައް މިސްކިތުން ނެރެ ވަލުތެރެއަށް އުކަން ފެށިއެވެ. ކަށިން ހިތްވަރުލައި ދެ ޓީމުން ފެށި މަސައްކަތްވެސް ދެ ގަޑިއެއްހާއިރު ތެރޭ ނިންމާލިއެވެ. އެންމެ މިނެޓެއްވެސް ބޭކާރުކޮށް ނުލައި މިސްކިތް ކުނި ކަހަން ފެށިއެވެ. އަނެއްބަޔަކު މިސްކިތު ގޯތިތެރެ ސާފުކުރުމުގައި ދޭ އަވީގައި ބުރަ މަސައްކަތް ކުރަމުންދިޔައެވެ.
މެންދުރު ނަމާދު ވަގުތަށް މަސައްކަތް މެދުކަނޑާލިއިރު މިސްކިތުގެ ގޯތި ތެރޭގެ ބޮޑުބައެއް ސާފުކޮށް ނިމިފައިވާއިރު، މިސްކިތު އެތެރެ ވަނީ ހުސްކޮށް، ފޮޅާ ސާފުކުރެވިފައެވެ. މަސައްކަތް ކުރަންމުންދިޔަ ޖޯޝުގެ ސަބަބުން މާބޮޑު ވަރުބަލިކަމެއް އިޙްސާސް ނުވި ނަމަވެސް މެންދުރުގެ ކޮއްތު ކައިގެން ބައިގަޑިއެއްހާއިރު ފަހުން އަލުން މަސައްކަތް ފެށިއެވެ.

މެންދުރު 12:30 އިން ފެށިގެން އަސުރު ވަގުތާ ޖެހެންދެން ޒުވާން ލަސްކަރު މައިގަނޑު ގޮތެއްގައި ކުރަމުންދިޔައީ މިސްކިތުގެ ހަޑިވެފައިވާ މުށިތަކާއި، ހިރަފުސްވެފައިވާ ދޮރުތަކާއި، ލަކުޑި ފްރޭމްތައް ދޮވެ ސާފުކުރުމުގެ މަސައްކަތެވެ. ވަރަށް ބުރަ މަސައްކަތުން މިސްކިތް ދޮވެ ނިންމައި މޮޕް އެޅުމަށްފަހު ޒުވާން ލަސްކަރު އަވަސްވެގަތީ ފާރުތަކުގައި ލިޔެ، ކުރަހާފައިވާ ހުތުރު އިބާރާތްތައް ފުހެލުމަށެވެ.

އަވަސް ހަރަކާތްތަކާއެކު ޒުވާނުން ހިތްވަރުކޮށް ހަވީރު 05:30 ގެ ކުރިން މިސްކިތުގެ ފާރުތަކުގައި ލިޔެ، ކުރަހާފައިވާ ހުރިހާ ތަކެއްޗެއްގައި ކުލަ ލައި ފުހެލައި މިސްކިތް ޒީނަތްތެރިކުރިއެވެ. މިސްކިތުގެ ގޯތިތެރެ ވިނަ ނޮޅައި ސާފުކުރިއެވެ. ފެންވަޅުގައި ބޭނުންކުރާނެ ދާންޏެއްވެސް ތައްޔާރުކުރިއެވެ.

ކުރިނބީ ޒުވާނުންގެ ތަފާތު ސަޅި މަސައްކަތް ވަރަށް ތަފްސީލުކޮށް ހިއްޞާ ކުރުމަށްފަހު އެ ޒުވާނުން ވިދާޅުވީ، މިއީ ނަމޫނާއެއް ކަމަށާއި، ޒުވާން ޖީލު ވަރަށް ފުންކޮށް ވިސްނަންޖެހޭ ކަމަށެވެ. މިސްކިތްތަކަށް އިޙްތިރާމްކުރަން ޖެހޭ ކަމަށާއި، ވިސްނުމެއް ނެތި ނަމަވެސް މިސްކިތަކަށް ގެއްލުންދީގެން ނުވާނެ ކަމަށެވެ.

"އުއްމީދުކުރަނީ ކުނބުރުދޫ މިސްކިތަށް އިތުރަށް ގެއްލުން ނުދޭނެކަމަށް. ފާރުތަކުގައި ދެން ނުލިޔާނެކަމަށް ވަރަށް އުއްމީދުކުރަން. ފެންވަޅު ހަޑި ނުކުރާނެ ކަމަށް އަދި މިސްކިތަށް ޒިޔާރަތްކުރާ ފަރާތްތަކުން، އެތަން ސާފުކުރުމަށް ބަހައްޓާފައިވާ ފިހިގަނޑުން ފޮޅާ ސާފުކޮށްލާނެކަމަށް ވަރަށް އުއްމީދުކުރަން." ކުރިނބީ ޒުވާނުން ޓީމު ލީޑުކުރި ވިސާމް "ފެށުމަށް" ވިދާޅުވިއެވެ.

ކުރިނބީ ޒުވާނުންނަކީ ތަފާތު ސަޅި ބައެކޭ ބުނަނީ މިހެންވެގެންނެވެ. ރަށުގެ ހުރިހާ ގެއަކަށް ޒިޔާރަތްކޮށް މިއަހަރުގެ ދިރާސީ އާ އަހަރު ފެށެންވާއިރަށް ހިލޭސާބަހަށް ސްކޫލްކުދިންގެ ބޯކޮށައިދިން ފަދައިން، މިފަހަރުވެސް އެ ޒުވާނުންގެ ފަރާތުން ފެނުނީ އެހާމެ ހިތްގައިމު މަންޒަރެކެވެ. ކުރިނބީ ޒުވާނުންނަށް ޝުކުރު ޙައްޤެވެ. ތިޔަ ޙިމާޔަތް ކުރީ ﷲ ގެ ގެކޮޅެކެވެ.
ހިޔާލު
Saabas. Thee mi gaumuge aslu zuvaanun .miskiy hadikuri baayakah echcheh visnuniyaa kalaakoa
Masah Allah …. ❤️❤️
Mulhi vaahakai kiyaa nimunuiru vaguthujehunuiru namaadhah erivaahaek neiy.
THIYAKURI MASAKATHAN MAAIN ALLAH THIYAEH MEHAA ZUVAANUN HEYOSAVAABAAI DHARU MA DHEVAASHI AAMEEN ADHI EHVES MEEHAKU MISKITHAN GELUMEH NUDHEY NEH KAMAN UMEEDHU KURAN MAISHA HAMEEDHU AADHES KOHFA BUNAN MIFADHAKAN THA NUKURUMAN ME SATHAIN SATHA ISLAAMU DHEENEH VEEMA KOHMEH MEEHAKUVES MAAIN ALLAH HUGE GEKOLHU HIYMAAYAH KURAN VAANEH SHUKURIYAA
ތިކަހަލަ ލަޝްކަރެއް ބޭނުމީ! ސާބަހޭ! މާތް ﷲ ބަރަކާތް ލައްވާށި!
Maasha Allah
Maashaa Allaahu، thiya kudhinnah barakaaiy lavvaiy mi dheenugai saabithukamaaeku thibbavai dheen himaayaiy kurumugai kaamiyaabu minvaru kuravvaashi eve. Aameen
Assalam Alaikm..
Alhugandu Vs Kunburudhoo ah dhiyain.. Thi miskiy fenun.. Alhugandu hithah eri miss Meehun jessumeh kuraa kameh baaey.. Varah dheravi ehaa hadi koffa hurumun.. Allah thi zuvaanun nan heyo rahmai lawaashi.. Aameen..??
Jazakallah khair
ދުނިޔެ މަތީގައި ރަނގަޅު މީހުން އަދިވެސް ތިބި ކަމުގެ ހެއްކެއް މީ . ޝުކުރިއްޔާ ޒުވާނުން އައް!
Kuribee zuvaan guroopah saabahaai ahsari bas rahdhukuran.thiyafadh yeyolafaa kankan kurumugaa thiya guroop dhemi onnaane kamah unmeedhu Kiran.
Thiya guroopuge enme beyfulhunnah ahllhu heyo rahumah lahvaashi.
komme kameh kurinamaves heyoniyathaaeku kureema eygefaidhaa kuraanenekan hamayageen kommemeehakuves balanvee ehenmeehunah rangalhu namoonaa meehakah veveythoa
may
God
bless
you
all
zuvaanunge is engumuge reethi misaalakah. dhivehi emmehai mujthamauthakugai ashagennevun muhimmu kameh.
Maashaa Allah
Konmehen nujehey namaadhu kurivaaka liyaakah namaadhu gadiah medhukandali vaahaka oi.hama hajam nukurevenee.ekudhin ekuree v rangalhu kameh konme meehaku kuriyas rangalhu kameh vaanee rangalhu kamakah. ekudhinnah haggu shukuru.
Thiya kudhinah ahsari bahaa, saabas dhannavan… May God bless you all..
Thiyakudhin Nah heyojazaa dhehvaashi Aameen
ކުރިކަންތައް ވަރައް ރަނގަޅު މާﷲގެރަހުމަތުުންް ހުރިހާކުދިންވެސް ސީދާވެގެންވާ ތެދުމަގުގާ ލައްވާށި امين އަދި އެއްވާހަކަ މިސްކިތުގަ އައުރަ ނިވާނުކޮއް ތިބުމުން ވަރައް ދެރަވެއްޖެ ދެންފަހަރަކުން އައުރަނިވާކުރަންހަނދާންކުރާތި ނަމާދުކުރިކަމައް ހީކުރަން ނުކުރާާަަަަަނަަަމަަ ދެންބުނާނީ ނަމާދު ކުރުމާއެކު އެހެން ކަންތައް ކުރާށޭ އެއިރުންނޭ ކާމިޔާބު މީހަކައް ވެވޭނީ
މީހާ ކުރާ އަޅުކަންތަކަކީ އެހެންމީހުންނަށް އިގެން ޖެހޭ ކަމެއް ހެން ހިޔެއް ނުވޭ!
އަޅުކަމަކީ މީހުންނަށް ދެއްކެން ކުރާކަމެއް ނޫން
ކޮންމެ މީހަކު ކުރިނަމަވެސް ހެޔޮކަމެއް ވާނީ ހެޔޮކަމަކަށް،
އިސްލާމް ދީނަށް ފުރައްސާރަ ކުރާ އެންމެން ނަށް އެކަމުގެ ޢުޤޫބާތް ލިބޭނެ ދުވަހެއް ކަޝަވަރުން ވެސް އަންނާނެ.
އުފަލުން ގޮސް ރޮވިއްޖެ
މާތްﷲ ތިޔަ ކުދިން ނަށް ހެޔޮ ރަހުމަތް ލައްވާށި
ކުނބުރުދޫ ފަޅު ރަށަކަށް ވުމުން އެކަމުން އެންމެ ބޮޑު ފައިދާ އަކާއި ނަފައެއް ކުރީ ކުރިނބީ ރައްޔޔިތުން ނަށް، ރޭގަނޑު ދަންވަރު ކުނބުރުދު އަށް އަރާ ކަރަންޓު ނަރާ ލަކުޑި އާއި ރުއް ގަހާ ފަނާ ކާއްޓާ ކުރުނބަޔާ ގޭގޭގަ ޖަހާފައި ހުރި ޓިނާ ދޮރާއި ދޮރުފަދަ ތަކެތި ގެންދިޔަ މީހުން މިހާރުވެސް ކުރިނބީގައި ތިބޭނެ ، އެކަން ތިޔަ ކުދިން ނަށް ފަހަރެއްގައި ނޭގިދާނެ ، ތިޔަ މިސްކިތް ހަޑި ކުރުމުގައިވެސް ކުރިނބީ މީހުންގެ ދައުރު ވަރަށް ބޮޑު ، ނަމަވެސް މިއަދު ތިޔަ ޒުވާނުން ތި ކުރި މަސައްކަތް އަޅުގަނޑު ވެސް ބަލައިގަންނަން ، ތިޔަ ޒުވާނުން ނަށް އެންމެން ކޮމެންޓު ކުރަންވެސް މިއަދު މިޖެހުނީ އެރަށް ފަޅުވުމުން ނޫންތޯ ، އެ ފައިދާވެސް މިއަދު ތިނެގީ ކުރިނބީ ޒުވާނުން.
ގޯހެއް، ނޫން ބައެއް މީހުން ބުނޭ، ކުނބުރުދޫ އަކީ އަހަރުމެންގެ ބަނޑަހަ ގެޔޭ ، ތެދެއްމެ ! މިއަދު އަހަރުމެން މިތިބީ އެ ބަނޑަހަ ގެއިން ނުކުމެ ކުރިނބީ ރައްޔިތުންނަށް އެތަން ހިތަކަށް ދީގެން. ” ތައުބާ “
Jamaah hadhaigen namaadhu kohlinama salhi vis
ކުރިނބީ ޒުވާނުންތަކެއްކުރި ބުރަ މަސައްކަތައް އައްސަރިބަހާ ސާބަސް…. ތިކުދިން ތިދައްކުވައިދިނީ ނަމޫނާ މިސާލެއް…
kithanme heyo amalu thakeh kuri namaves enme furathama iskan dheyn vee kanthah dhookoh lun ragalheh noon. namaadhu kuri nama ekan mihaa thafseel koh oth liumaehga naeema meehun dhekeynee ehen gothakah. ekan liun nama varah furihama. Allah ebaimeehunah heyo Rahmath lahvaashi. ameen
Miee miskitheh noon m8haaru… sharuee gothun miskithekey nukiyaane… dhen kuribeege miskithuge aabaathura filuvinama v rangalhuvees..
Eynme furathama oriyaan nivaa kohgen misskitha araanama dow eynme kuhje fehnanii digu eyche laigen hutaves firihenun ge aura neyngenii baa hithaama huri misski saafkoh samaalukan hoadiyass nuvaane tii hama samaalukan hoadan kuri kameh
hasadha viyas thee boduvarey vissnaa meehaage vissnun koshi kamaameydhu hithaama kuran thihaa vissnaa iru aura nivaa nukon miulhy anhen echehinah echekey nubunanee keevebaa ekudhin ethibee oriyaamuneh noondw laigen huri sotu adhi kakulun macha hutas e nuvaaneh dw ekudhin meehuge samaalukan hoadhan kuri kamaka hajam please
Okay. Aura nivaa nukosho ekudhin thibee. Ekam theekee nuun dho wisnaidheynwee gothakee. Ekudhin ekahala kemeh ekurii nubai niyathegga heneh hiyeh nuwey. Ehnwiim ithurah mikan rangalhu kolli nama ey buninama. Thikahala kankann nagaigen rahdhu dhiniima rangalhu kankann kuran onna shaugu gelley goii waane
Saabas hama saabas ??
Thee miummathah beynunvaa zuvaanunaky
varah ufaavejje miskithah araa miskiy dheke loabivaa ethakeh zuvaanun adhives raajjeyga ulheythee. Hithah aranee ethanugai beyadhabee basthakaa liyunthah liyunu meehun nakee hama Islaamun baaey
Varah ufaa vi mi liyun kiyaalyma… ehaame dheravi e zuvaanun namaadhu kuri kameh egifa nethyma.
ޖަޒަކަﷲ ޙައިރަން… ވީ އުފަލުން ރޮވިއްޖެ
Mifahun rashuga kuri hurihaa muhimmu kamehvess kury Ali wishaam isnagaigen. Ali wishaam men kahala myhaku rah hingan hurejjenama ithuru ethah kurierumeh kurinbi ah annaane. 2020 vana aharuge rashu council ah kurimathi laanekamah umydhu kuran. Vote hoadhan masah kah kohdheynan.
kurikanthah kithammehaaves ragalhu. ekam namaadh nukoh thihen kithamme kameh kuriyas faidhaaeh nei… a
ވަރަށް ފުރިހަމަ މަސައްކަތެއް…..???
“އުއްމީދުކުރަނީ ކުނބުރުދޫ މިސްކިތަށް އިތުރަށް ގެއްލުން ނުދޭނެކަމަށް. ފާރުތަކުގައި ދެން ނުލިޔާނެކަމަށް ވަރަށް އުއްމީދުކުރަން. ފެންވަޅު ހަޑި ނުކުރާނެ ކަމަށް އަދި މިސްކިތަށް ޒިޔާރަތްކުރާ ފަރާތްތަކުން، އެތަން ސާފުކުރުމަށް ބަހައްޓާފައިވާ ފިހިގަނޑުން ފޮޅާ ސާފުކޮށްލާނެކަމަށް ވަރަށް އުއްމީދުކުރަން.”
މިކަން ހަނދާންކޮށް ލުން މުހިއްމު ?
މިސްކިތް ސާފުކުރަން ރަގަޅު ކަމެއް. އެކަމަކު ނަމާދު ވަގުތު. ޖެހުމުންނަމާދު. ކުރީމާ މާސަޅިވީސް.
Namaadhu nukuraa kameh neyn’ge dho?v
Varah ufaaveri habareh ,namaadhu vaguthu vumunn namaadhu kurikamah ,unnmeedhu kurann ..thiya ennmehaa zuvaanunn nah rahmaiilahvaa ,thedhumagu dhahkavaashi..Aameen
Allah heyo jaza minvar kuravvasi
މިސްކިތެއް ސާފުކުރިޔަކަސް ނުވާނެ. ސާފުކުރަން ގޮސްތިބި މީހުން ނަމާދު ވަގުތު ޖެހުމުން ނަމާދު ކުރަންވެސް ޖެހޭނެ. ވަގުތާ ގަޑިޔާ ކުރިކަން ތައް ލިޔުނު އިރު ނަމާދު ކުރިވާހަކަ ނައީ ކީއްވެ؟؟؟
Ekan thah kuri meehunaa dhekolhah aura nivaleh nukureyey kiyaa iru emeehun viyyaa ekan thah vx kohfithaa ehen bayakah nuvi evareh eii haadha bodu kamekey kurinbee zuvaanun kuri saabahey kuribee zuvaanun
Emeenun namaadhu nukuraakameh kihineh kaleyah engunee
Hama ranagalhah vx shukuru haggu…thiya zuvaanunnah adhah vure fahi maadhamaaeh minvaru kohdhehvaashi….aahirathuge …heyo naseebu dhehvaashi
Kaley thee emme ingey dhw
މާޝާ ﷲ މިހާރު ހާދަ ހިތްޤައިމޭ. ކުރިނބީ ޒުވާނުންތަކެއްކުރި ބުރަ މަސައްކަތައް އައްސަރިބަހާ ސާބަސް…. ތިކުދިން ތިދައްކުވައިދިނީ ނަމޫނާ މިސާލެއް…
ރަނގަޅުކަމެއް. އައްސަރިބަހާއި ސާބަސް
ތީީ ހަމަ ނަމޫނާާ ކުދިންކޮޅެއް. އައްސަރިބަހާ ސާބަސް ރައްދުކުރަން.???????
ކޮމެންޓް ކުރުން ބަންދު