ޔޫސީއެލް – ޑޯޓުމުންޑް ކަޓައި ޓޮޓޭންހާމް ކުއާޓާއަށް

ޗެމްޕިއަންސް ލީގު ގަދަ 16 ގެ ދެވަނަ ލެގުގައި ރޭ ޑޯޓުމުން އަދި ޓޮޓޭންހާމް ބައްދަލުކުރު މެޗު 0-1 (އެގްރިގޭޓް 0-4) އިން ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާއަށް ޓޮޓޭންހާމް ދަތުރުކޮށްފިއެވެ.

މިމެޗުގެ ފުރަތަމަ ލެގު ވެސް ކާމިޔާބުކޮށްފައިވަނީ ޓޮޓޭންހާމްއިންނެވެ. އެލެގް ޓޮޓޭންހާމްއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

މެޗުފެށުމުގެ ކުރިން ޑޯޓުމުންޑްއޮތީ ވަރަށް ތައްޔާރަށްކަމަށާއި ބޭނުންވަނީ އަމިއްލަ ދަނޑުގައި ޓޮޓޭންހާމް ޙައިރާންކޮށްލަންކަމަށް ޑޯޓްމުންޓްގެ ކެޕްޓަން މާކޯ ރޮއީސް ބުނެފައިވާއިރު ޓޮޓޭންހާމް ކޯޗު މެޗަށް ތައްޔާރުވާން ލިބުނު ވަގުތު ޑޯޓުމުންޑަށްވުރެ މަދުވުމުން އެކަމާ ޝަކުވާކޮށްފައިވެއެވެ.

ޓޮޓޭންހާމްއިން މެޗު ފެށީ ފުރަތަމަ ލެގުގެ ތިން ގޯލަށްބަލާ ވަރަށް ޑިފެންސިވް ގޭމްއަކުންނެވެ. އެއާ ޚިލާފަށް ޑޯޓުމުންޑް ހުރީ އެޓޭކްއާ ދިމާލަށެވެ. މެޗުގެ ފުރަތަމަ ހާފުގައި ޑޯޓުމުންޑްގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔައިރު މިހަމަލާތައް ހުއްޓުވުމުގައި ކީޕާރ ލޮރީސް ހުނަރު ފެނިގެންދިޔައިރު ލޮރީސް ދިފާޢުކުރި ޑޯޓުމުންޓްގެ ގޮޓްޒާގެ ހަމަލާ ފާހަގަކޮށްލެވެއެވެ.

ޑޯޓްމަންޑަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާ އަކަށްވީ ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭން ދެ ވަނަ ހާފްގެ ކުރީކޮޅުގައި އެ ޓީމަށް ލީޑުނަގައިދިނުމެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކޭން ކާމިޔާބުކުރީ ޑޯޓްމަންޑުގެ އޮފްސައިޑް މަޅިން ސަލާމަތްވުމަށް ފަހު އެވެ. މިއީ ކޭން ޔޫރަޕްގައި ކާމިޔާބުކުރި 24 ވަނަ ގޯލެވެ. މި ލަނޑާ އެކު އޭނާ ވެފައިވަނީ ޓޮޓެންހަމްގެ ތާރީހުގައި އެ ޓީމަށް ޔޫރަޕްގައި އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އަށެވެ.  އަދި މިއީ ކީޕަރު ލޮރީސް ޓޮޓެންހަމަށް ބަދަލުވި ފަހުން ލަނޑެއް ނުވައްދައި ފުރިހަމަ ކުރި 100 ވަނަ މެޗެވެ.

ޓޮޓެންހާމް އެންމެ ފަހުން މިމުބާރާތުގެ ކުއާޓާގައި ކުޅުނީ 2011 ވަނަ އަހަރު އެވެ. 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ