ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދު އިއްޔެ ދެއްވީ ވަރަށް ބިރުވެރި މަޢުލޫމާތުތަކެއް ކަމަށް، ކުރީގެ ރައީސް އަދި އެމްއާރުއެމްގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މަޢުމޫން މިހެން ވިދާޅުވީ، ޕޮލިސް ކޮމިޝަނަރުގެ މެސެޖުތަކާ ގުޅޭގޮތުން ޝާއިއުކޮށްފައިވާ ޚަބަރެއްގެ ފޮޓޯއަކާއެކު، ރޭ މެންދަމު ކުރެއްވި ޓްވީޓެއްގައެވެ.
މަޢުމޫން ވިދާޅުވީ، ރާއްޖޭގައި އައިއެސްގެ ފަރާތުން ހިންގާ ނިރުބަވެރި ހަރަކާތްތަކާ ބެހޭގޮތުން ޕޮލިސް ކޮމިޝަނަރ މުޙައްމަދު ހަމީދު އިއްޔެ ދެއްވީ ވަރަށް ބިރުވެރި މަޢުލޫމާތުތަކެއް ކަމަށާއި، މުޅި ގައުމު ސަމާލު ވާން ޖެހޭ ކަމަށެވެ.
ރާއްޖޭގައި އައި އެސް ގެ ފަރާތުން ހިންގާ ނިރުބަވެރި ހަރަކާތް ތަކާ ބެހޭގޮތުން ޕޮލީސް ކޮމިޝަނަރ މިއަދު ދެއްވީ ވަރަށް ބިރުވެރި މަޢުލޫމާތު ތަކެއް. މުޅި ގައުމު ސަމާލު ވާން ޖެހޭ pic.twitter.com/tt46vxFhK8
— Maumoon Abdul Gayoom (@maumoonagayoom) December 16, 2019
"ވިޔަވަތި ރާއްޖެ" މަހާސިންތާގައި ރާއްޖެއަށް ޓެރެރިޒަމުގެ ބިރު އޮތް މިންވަރާއި ގުޅޭ ގޮތުން ކުރިއަށް ގެންދިޔަ ސެޝަނެއްގައި ވާހަަކަފުޅުދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ، ހަރުކަށި ފިކުރުގެ ތެރެއަށް ވެއްޓި މިހާރުވެސް އަމިއްލަ ހަށިގަނޑާ ފުރާނަ ގުރުބާންކުރާ ހިސާބަށް ގޮސްފައިތިބި މީހުންގެ އަދަދު 1400 އާއި ގާތް ކުރާ ކަމަށެވެ.
އިތުރަށް ޕޮލިސް ކޮމިޝަނަރު ވިދާޅުވެފައިވަނީ، މިހާތަނަށް ސީރިއާގައި ކުރިއަސްދާ ދުވަސްވީ ހަނގުރާމައިގައި ބައިވެރިވުމަށް އެގައުމަށް ދިޔަ މީހުންގެ އަދަދު 174 އަށް އަރާއިރު، އެ ހަނގުރާމައިގައި ބައިވެރިވުމަށް ސީރިއާ އަށް ދާން ޝައުގުވެރިކަން ފާޅުކުރާ މީހުންގެ އަދަދު 423 އަށް އަރާ ކަމަށެވެ.