އައްޑޫ ސިޓީ ހިތަދޫ އަތިރިމަތިން ނަގާފައި ހުރި ވެލި އަޅާފައި ހުރި ބަސްތާތަކެއް ފުލުހުން ހޯދައިފިއެވެ.
ފުލުހުން ވިދާޅުވީ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުން މިއަދު ހެނދުނު 6:00 ހާއިރު ރަށުތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް ފޮއްލެންޑް ސަރަޙައްދު އަތިރިމަތިން ވެލި ނަގާ ފޮރުވާފައި ހުއްޓާ ފެނުންކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ މި މައްސަލައާ ގުޅިގެން އެސަރަޙައްދު ބަލާ ފާސްކޮށް 122 ބަސްތާ ފޮރުވާފައި ހުއްޓާ ފެނުންކަމަށެވެ. މި މައްސަލަވެސް އިތުރަށް ތަހުގީގު ކުރަމުންދާއިރު، އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެއެވެ.
މީގެއިތުރުން، އެރަށު ވަލުތެރެއިން ރޭ ވަނީ ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނުވެސް ހޯދާފައެވެ.