ރައީސް މަޢުމޫންގެ ކެންޑިޑޭޓުން - ފޮޓޯ: ވަގުތު

މާއްދާ ހަތަރެއް: ރައީސް މަޢުމޫނުގެ ކެންޑިޑޭޓުންނަށް ލިޔުން ހަވާލުކޮށްފި

ރައީސް މައުމޫނުގެ ތާއީދާއެކު 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ރަސްމީކޮށް އިއުލާނު ކުރައްވައި މިރޭ ލިޔުން ހަވާލުކުރައްވައިފިއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި މިހަފްލާގައި އެމްއާރުއެމްގެ ފަރާތުން 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ 20 ފަރާތަކަށް ވަނީ ލިޔުން ހަވާލުކުރައްވާފައިއެވެ. މިހަފްލާގައި އެ ލިޔުންތައް ހަވާލުކޮށްދެއްވީ ރައީސް މައުމޫން އެވެ.

އެމްއާރުއެމް އިން ވާދަކުރައްވާ ދާއިރާ ތަކަކީ:
ތުޅާދޫ ދާއިރާ - އަލްއުސްތާޛު އިބްރާހިމް އަފީފް
ތުލުސްދޫ ދާއިރާ - އަލްއުސްތާޛު މުހައްމަދު ވަހީދު އިބްރާހިމް
ކ.ގުރައިދޫ ދާއިރާ - އަލްފާޟިލް މުހައްމަދު ޝާހް
ދިއްގަރު ދާއިރާ - އަލްފާޟިލް އަހްމަދު ނާޒިމް
މުލަކު ދާއިރާ - އަލްއުސްތާޛު މުހައްމަދު ފައިސަލް
ނިލަންދޫ ދާއިރާ - އަލްފާޟިލް އަބްދުލް މުހުސިން ހަމީދު
ކުޑަހުވަދޫ ދާއިރާ - އަލްއުސްތާޛު އަލީ ޝިޒްމީ
ތ.ގުރައިދޫ ދާއިރާ - އަލްފާޟިލް މުހައްމަދު އިބްރާހިމް މަނިކު
އިސްދޫ ދާއިރާ - އަލްފާޟިލް މުހައްމަދު ޝަފީޤް
ގަމު ދާއިރާ - އަލްފާޟިލް ފަރުހާދު ދާވޫދު
ފޮނަދޫ ދާއިރާ - އޮނަރަބަލް އިބްދުﷲ ކަމާލުއްދީން
ތިނަދޫ އުތުރު ދާއިރާ - އަލްފާޟިލް ސައުދުﷲ ހިލްމީ
މަޑަވެލި ދާއިރާ - އަލްއުސްތާޛާ އާފިޔާ އަބުދުލް އަޒީޒު
ހިތަދޫ ދާއިރާ - އަލްއުސްތާޛު އަލީ އިބްރާހިމް
ހެންވޭރު އުތުރު ދާއިރާ - އަލްފާޟިލް އިބްރާހިމް ޒިޔަތު
ގަލޮޅު ދެކުނު ދާއިރާ - އަލްފާޟިލާ އާމިނަތު ނާދިރާ
މައްޗަންގޯޅި އުތުރު ދާއިރާ - އަލްފާޟިލް އަހްމަދު ފާރިޝް މައުމޫން
މާފައްނު ހުޅަނގު ދާއިރާ - އަލްފާޟިލް އިސްމާއިލް މާޖިދު
މާފައްނު މެދު ދާއިރާ - އަލްފާޟިލް އިލްޔާސް ފަރުހާދު
މާފައްނު ދެކުނު ދާއިރާ - އަލްފާޟިލް ހުސައިން ނަދީމް

މައުމޫން އިންތިޚާބަށް ކަނޑައަޅާފައިވާ ކެމްޕޭންގެ ޝިއާރަކީ "މާއްދާ-04" އެވެ. އެމްއާރްއެމްއިން ބުނީ، މާއްދާ-4 އަކީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 4 ވަނަ މާއްދާ ކަމަށެވެ. އެމާއްދާގައި އޮންނަނީ ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ވެސް އަދި ދެމިއޮންނާނީ ވެސް ރައްޔިތުންގެ އަތުގައި ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ