މިއަދު ހަވީރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދުވަސްވީ މީހެއްގެ ފައި ބިންދައިގެން ގޮސްފިއެވެ.
ފުލުހުން ވިދާޅުވީ، އައްޑޫ ސިޓީ ޤާޟީ މަގުން ދެކުނުން އުތުރަށް ދުއްވާފައި ދިޔަ ސައިކަލެއް އަނބުރާލަން އުޅުމުގެ ތެރޭގައި އުތުރުން ދެކުނަށް ދުއްވާފައިދިޔަ ސައިކަލެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމަށެވެ.
މީގެއިތުރުން ފުލުހުން ވިދާޅުވީ، މިއެކްސިޑެންޓްގައި އެތަނުން އެއްސައިކަލް ދުއްވަން ހުރި 64 އަހަރުގެ މީހާއަށް ބޮޑެތި އަނިޔާތަކެއް ވެފައިވާއިރު، އަނެއް ސައިކަލުގައި ހުރި 25 އަހަރުގެ ޒުވާނާއަށް އަނިޔާވެފައި ނުވާކަމަށެވެ.
މަޢުލޫމާތު ލިބޭގޮތުގައި މިއެކްސިޑެންޓްގައި ބޮޑެތި އަނިޔާތަކެއްވެފައިވަނީ، ޝެއިހް އިބްރާހިމް ރުޝްދީއަށެވެ. މިއެކްސިޑެންޓްގައި ޝެއިޚްގެ ކަނާތުފައި ބިންދައިގެން ގޮސްފައިވާއިރު، ނިތްކުރިވެސްވަނީ މަޝައިގެން ގޮސްފައެވެ.

ފުލުހުން ވިދާޅުވީ، ޝެއިޚް ރުސްދީ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް ނަމަވެސް، އެކްސިޑެންޓުވި އަނެއް ސައިކަލުގައި ދުއްވި ޒުވާނާއަތުގައި ލައިސަންސް ނެތްކަމަށެވެ.
މިއެކްސިޑެންޓްގައި ދެސައިކަލަށްވެސްވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.

މިމައްސަލަ ފުލުހުންދަތީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.
(ތަފްޞީލް އަންނަނީ)
ހިޔާލު
ސައިކަލުގަ ހުރި މީހާ
ކާރުގަ ހުރި މީހާ
ބަންގުލަދޭޝް ރައްޔިތުން ތޯ މި ނޫހުގަ ލިޔުން ތެރިން ނަކީ؟ މިކޮމަންޓް ޖަަހައި ދޭން ނުކެރޭނެ ކަންވެސް އެނގެޭ…..