އެންމެ މޮޅު ކުޅުންތެރިއަކީ ރޮނާލްޑޯ އަދި މެސީ އެއްވެސް ނޫން: މަރަޑޯނާ

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިއަކީ ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ނޫންކަމަށް އާޖެންޓީނާގެ ޤައުމީ ޓީމަށް ކުރިން ކުޅުނު ޑިއެގޯ މަރަޑޯނާ ބުނެފިއެވެ.

މަރަޑޯނާގެ ނަޒަރުގައި ދުނިޔޭގައި އުފެދުނު އެންމެ މޮޅުކުޅުންތެރިއަކީ އާޖެންޓީނާގެ ލެޖެންޑް އަލްފްރެޑޯ ޑި ސްޓެފަނޯ އެވެ. ރެއަލްމެޑްރިޑާއެކު ގިނަ ކާމިޔާބުތަކެއް ހޯދާފައިވާ ސްޓެފަނޯވަނީ 1957 ވަނަ އަހަރާއި 1959 ވަނަ އަހަރުގެ ބެލޮންޑިއޯވެސް ކާމިޔާބުކޮށްފައެވެ.

"އަހަރެން ދެކޭ ގޮތުގައި ދުނިޔޭގައި އުފެދުނު އެންމެ މޮޅުކުޅުންތެރިއަކީ އަލްފްރެޑޯ ޑި ސްޓެފަނޯ." މަރަޑޯނާ ބުންޏެވެ.

މީގެއިތުރުން މަރަޑޯނާ ބުނީ، ސްޓެފަނޯގެ ހުނަރުތައް ފާހަގަކުރަން ޕެލޭ ދެކޮޅު ހެދިއިރު، ޕެލޭގެ ރަޙްމަތްތެރިން ޕެލޭއަށް ޚާއްސަކޮށްގެން އެވޯޑަށް ހަދައި އޭނާއާއި ޙަވާލުކޮށްފައިވާކަމަށެވެ. ޚުދު މަރަޑޯނާވެސް ޕެލޭގެ މައްޗަށް ކުރި ހޯދިކަމަށް އޭނާ ބުންޏެވެ.

އަދި މެސީގެ ހަވަނަ ބެލޮންޑިއޯ އެވޯޑާއި ގުޅޭގޮތުން ވާހަކަ ދައްކަމުން މަރަޑޯނާ ބުނީ، އޭނާއަށްވެސް ދެތިން ބެލޮންޑިއޯ ކާމިޔާބު ކުރެވުނީސް ކަމަށާއި، އެހެންނަމަވެސް މެސީއާއި އަޅައި ކިޔަން ބޭނުން ނުވާކަމަށެވެ. މެސީއަށް ހިލޭ ޖެހުން ޖަހާނެގޮތް ދަސްކޮށްދިނީ މަރަޑޯނާ ކަމަށް ކުރިން ބުނިނަމަވެސް މިއިންޓަވިއުގައި މަރަޑޯނާބުނީ، އޭނާ ބުނެދިނީ ބޯޅައިގެ ފައިން ޖަހާނެ ތަން އެކަނިކަމަށާއި، ބާކީ ބަޔަކީ މެސީ އަމިއްލައަށް ތަރައްޤީކޮށްފައިވާ ހުނަރުކަމަށެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ