ހުރަވީ ސުކޫލުގައި އަންހެނުންގެ ދުވަސް ފާހަގަކުރުން / ފޮޓޯ : މީސްމީޑިއާ

ހުރަވީ ސުކޫލުގައި އަންހެނުންގެ ދުވަސް ފާހަގަ ކޮށްފި

ރާއްޖޭގައި މިހާތަނަށް އިމާރާތް ކުރި އެންމެ ބޮޑު ސްކޫލް، ހުރަވީ ސުކޫލުގައި ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކޮށްފިއެވެ.

އަންހެނުންގެ ދުވަސް ފާހަގަކުރުމާއި ގުޅޭގޮތުން ހުރަވީ ސުކޫލުގެ އެޑްމިނިސްޓްރޭޓަރ މަރިޔަމް ޝާނީ "ފެށުން" މަށް ވިދާޅުވީ، އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސުކޫލުގައި ސަޕްރައިޒިން ހަރަކާތް ތަކެއް ރޭވިގެން ކުރިއަށް ދާކަމަށެވެ.

މިގޮތުން މިއަދު ހެނދުނު ލިބުނު ސަޕްރައިޒަކީ ސުކޫލުގެ ޕްރިންސިޕް އާއި ފިރިހެން މުވައްޒަފުންގެ ފަރާތުން ކޮންމެ އަންހެން މުވައްޒަފަކަށް މަލެއް ލިބުންކަމަށް ޝާނީ ވިދާޅުވިއެވެ.

ހުރަވީ ސުކޫލުގައި އަންހެނުންގެ ދުވަސް ފާހަގަކުރުން / ފޮޓޯ : މީސްމީޑިއާ

މީގެ އިތުރުން މިއަދު މެންދުރު ފިރިހެން މުވައްޒަފުންގެ ފަރާތުން ސުކޫލުގެ ހުރިހާ މުވައްޒަފުންނަށް ދޭ ވަރަށް ހާއްސަ ޓީ ޕާޓީއެއް ސުކޫލު ޓެރެހުގައި އޮންނާނެ ކަމަށާއި، މި ހަރަކާތުގެ ތެރެއިން ތަފާތު ގޭމުތަށް ކުރިއަށްދާނެ ކަމަށްވެސް ޝާނީ ވިދާޅުވިއެވެ.

ކުރިއަށްވެސް ތަފާތު ހަރަކާތްތަށް ރޭވިފައިވާކަން ފާހަގަ ކުރަށްވަމުން ޝާނީ ވިދާޅުވީ، އަންހެނުންނަށް ދިމާވާ ސިއްހީ މައްސަލަތަކާއި ބޭހޭގޮތުން ހޭލުންތެރި ކުރުމާއިއެކު، ސުކޫލުގެ އަންހެން މުވައްޒަފުންނަށް ޒުމްބާ ކުލާހެއް ރޭވިފައިވާ ކަމަށެވެ. މި ހަރަކާތް ކުރިން ރޭވިފައިވަނީ މިރޭ އޮންނަ ގޮތަށް ނަމަވެސް ދިމާވި ކުޑަ މައްސަލައަކާއި ހެދި މިހާރު މިހަރަކާތް ފަސްކުރެވިފައިވާ ކަމަށް ޝާނީ ވިދާޅުވިއެވެ. ޝާނީ އިތުރަށް ވިދާޅުވީ ބަށި މުބާރާތެއްވެސް ރޭވިފައިވާ ކަމަށާއި، އެހެންނަމަވެސް މުބާރާތް ބާއްވާނެ ތާރީޙް އަދި ފައިނަލް ނުކުރެވޭ ކަމަށެވެ.

ހުރަވީ ސުކޫލުގައި ފިރިހެން މުވައްޒަފުންގެ އަދަދަށްވުރެން އަންހެން މުވައްޒަފުންގެ އަދަދު ގިނަކަން ފާހަގަކުރަމެވެ.

ހުރަވީ ސްކޫލަކީ އެޗުޑްސީ އިން ހަވާލުކޮށްގެން އަމީން ކޮންސްޓްރަކްޝަން އަށް 132 މިލިޔަން ރުފިޔާ އަށް އެވޯޑުކޮށްގެން ހެދި ސްކޫލެކެވެ. އެ ސުކޫލަށް ނަން ދީފައި ވަނީ ހޮޅީންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރި އައްސުލްތާނު ޣާޒީ ހަސަން އިއްޒުއްދީނުލް ހުރަވީ (ދޮންބަންޑާރައިން) އަށް ނިސްބަތްކޮށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ