ޓުއަރިޒަމް މިނިސްޓަރު ޢަލީ ވަޙީދު - ފޮޓޯ: ސަންއޮންލައިން

ޢަލީ ވަޙީދުގެ ޕްރެސްއާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީއިން ނޫސްބަޔާނެއް ނެރެފި

ޢަލީ ވަޙީދު ޕްރެސްގައި ދެއްކި ވާހަކަތަކާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީއިން ނޫސްބަޔާނެއް ނެރެފިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމްއިން މިއަދު ނެރުނު ނޫސްބަޔާނަކީ 2019 ޑިސެމްބަރ 25 ވީ ބުދަ ދުވަހުގެ 13:30 ގައި މިނިސްޓަރ އޮފް ޓޫރިޒަމް އަލްފާޟިލް ޢަލީ ވަޙީދު، ރާއްޖޭގެ މީޑިއާތަކަށް ދެއްވި ޕްރެސް ކޮންފަރަންސްގައި އެމަނިކުފާނު ދެއްކެވި ބައެއް ވާހަކަތަކުގެ ޙަޤީޤަތް ހާމަކުރުމުގެ ގޮތުން ނެރެފައިވާ ނޫސްބަޔާނެކެވެ.

އެގޮތުން އެމިނިސްޓްރީއިން ވިދާޅުވީ، މިނިސްޓަރު ޢަލީ ވަޙީދު ދެއްކެވި ބައެއް ވާހަކަތައް އެވިދާޅުވި މަފްހޫމާއި ޚިލާފަށް، އަދި ވިދާޅުނުވާ ބައެއް ވާހަކަތައް ބައެއް މީޑިއާތަކުގައާއި މީސްމީޑިއާގައި ދައުރުވަމުންދާކަމަށެވެ.

އެގޮތުން އެކަމުގެ ޙަޤީޤަތް ހާމަކުރުމުގެ ގޮތުން މިނޫސްބަޔާނުގައި ފާހަގަކޮށްފައިވާ ނުކުތާތަކަކީ:

1.ސަރވިސް ޗާޓާއި ގުޅޭގޮތުން ކުރެވުނު ސުވާލަށް ދެއްވި ޖަވާބު:
• "ރާއްޖޭގެ ޓޫރިޒަމް ޞިނާޢަތުގެ ގިނަ ރިޒޯޓުތަކުގެ ޕެރިޓީ (ދިވެހި ބިދޭސީ މުވައްޒަފުންގެ ނިސްބަތް)
ރަނގަޅަށް އޮތީ."
• "ސަރވިސް ޗާޖް ދޭ ޢަދަދުތައްވެސް އަޅުގަނޑުމެން އަތުގަ ފެންނަން އެބަހުރި" (ސަރވިސް ޗާޖް
ދިނުމުގައި އަމަލުކުރަނީ ރަނގަޅަށް ނުވަތަ ގޯހުންނޭ ސީދާ ވިދާޅެއްނުވޭ)
"ރާއްޖޭގެ "ކީ" ވިޔަފާރި ކުންފުނިތައް ނުވަތަ އިންވެސްޓްކޮށްގެން ތިބި ދިވެހި ވިޔަފާރިތަކަށް
ބަލާއިރުވެސް ބޭރުގެ ވިޔަފާރިތަކަށް ބަލާއިރުވެސް ސަރވިސް ޗާޖު ދިނުމާއި ދިވެހިން ހިފެހެއްޓުމުގައި
ރަނގަޅު" (ހުރިހާ އިންވެސްޓަރުންގެ ބަދަލުގައި ވިދާޅުވީ ފާހަގަކޮށްލެވޭ ބޮޑެތި "ކީ" އިންވެސްޓަރުންގެ
ވާހަކަ)
2. ސެކިއުރިޓީ އޮޑިޓް (އިންސްޕެކްޝަން) އާގުޅޭގޮތުން ދެއްވި ޖަވާބު:
• "ޖަނަވަރީ ފުރަތަމަ ހަފްތާގައި ވަކިވަކިން މީޓް ކުރަމުން ގެންދާނަން. އެންމެ ފުރަތަމަ ފަށާނީ އެންމެ
ކޮންސަރންވާ ހިސާބުން. މީގަ ފާހަގަކޮށްލަން ގިނަ ރިޒޯޓްސްތައް ހުރީ ރަނގަޅަށް. ބައެއް ތަންތަނުގަ
އެބަހުރި (މައްސަލަތައް) އެތަންތަނާ ސީދާ އަޅުގަނޑު އިށީންނާނަން ހުރި ދަތިތައް ބަލައި، ރަނގަޅުކުރަން
ފަސޭހަކުރަން." 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ