އާދައިގެ މަތިން ޓްވިޓާ ނިއުސް ފީޑު ބަލަމުން ދަނިކޮށް ފެނުނީ ތަފާތު ޗާލު ފޮޓޯ ތަކެކެވެ. ރަނގަޅަށް ފޮޓޯތަކަށް ބަލައިލީމެވެ. ބަލައިލަން ކިތަންމެއިރެއް ވަންދެންވެސް ހުރެވޭވަރުގެ، ނިލަންދެ އަތޮޅު ދެކުނުބުރީ ރިނބުދޫ ބައެއް ގެތަކުގެ ފާރުތަކުގައި ކުރަހާފައިވާ ޖަޒީރާ ރާއްޖޭގެ ރީތިކަން ހާމަވާ ޗާލު ޝަޤާފީ ކުރެހުންތަކެކެވެ. ފަންނުވެރި ދިވެހިންތަކެއް ކޮށްފައިވާ ބަލާމީހުން ހިތްކިޔާވަރުގެ ރީތި ކުރެހުން ތަކެކެވެ.
މި ކުރެހުންތައް ފެނި ބައެއް މީހުން މިހާރުވެސް 2020 ވަނަ އަހަރުގެ ޕްލޭންގައި ރިނބުދޫ އަށް ދިއުމަށް ނިންމާފައިވާކަމަށްބެނެ ޓްވީޓް ކޮށްފައިވެއެވެ. ހަގީގަތުގައިވެސް މިކުރެހެން ތަކުގެ ފޮޓޯތައް ފެނުމުން ރިނބުދޫ އަށްގޮސް މި ކުރެހުންތައް ބަލައިލަން ބޭނުން ނުވާނެ މީހަކު ނުހުންނާނެކަން ކަށަވަރެވެ.

އާބާދީގައި 579 މީހުން ދިރިއުޅެމުންދާ ރިނބުދޫގެ މިހިތްގައިމު ކުރެހުން ތަކުގެ ފޮޓޯ ތައް ޓްވީޓް ކުރައްވަމުން މިނިސްޓްރީ އޮފް އާޓްސް އެންޑް ކަލްޗަރ އިން ބުނެފައިވަނީ ސަގާފީ ފަތުރުވެރިކަމުގެ ތެރެއިން ދިވެހީންގެ ފަންނުވެރިކަމާއި ސަގާފަތް ކުރިއެރުވުމަށް ދ.ރިނބުދޫ ރައްޔިތުން ދައްކަވަމުން ގެންދަވަނީ ރީތި ނަމޫނާއެއް ކަމަށެވެ.

ރިނބިދޫ ކަލްޗަރަލް ޓޫރިޒަމް ނުވަތަ ސަޤާފީ ޓޫރިޒަމް އަށް ފައްކާ ކުރުމުގެ ގޮތުން ރިނބިދޫ ކައުންސިލާއި ގުޅިގެން މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީ (އެމް.އޭ.ސީ) އިން ދަނީ މި ޕްރްޖެކްޓުގައި ހިލޭ ސާބަހަށް ހަރަކާތްތެރިވަމުންނެވެ. ހުރިހާ ކުރެހުން ތަކަކީވެސް ހިލޭ ސާބަހަށް އެއްވެސް އަގަކާ ނުލައި ކުރަހާފައިވާ ކުރެހުން ތަކެކެވެ.
ރިނބިދޫ ކައުންސިލުގެ ރައީސް ހާތިމް އިބްރާހިމް ފެށުން އޮންލައިންއާއި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ, މިއީ ރިނބުދޫ ކައުންސިލްގެ އިސްނެގުމާއިއެކު ރަށުގެ ރައްޔިތުންނާއި އެމްއޭސީ ގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެކު ސަގާފީ ޓޫރިޒަމް ތަރައްޤީގެ ޕްލޭންގެ ދަށުން ކުރިޔަށްދާ ޕްރޮޖެކްޓެއް ކަމަށެވެ. އަމާޒަކީ މިހާރު ހިންގަމުން މިދާ މަސައްކަތްތައް މިއަންނަ ފެބްރުއަރީ މަސް ތެރޭގައި ނިންމާލުން ކަމަށްވެސް ހާތިމް ވިދާޅުވިއެވެ.

ހާތިމް އިތުރަށް ވިދާޅުވީ ކައުންސިލުން ތަކެތި ހޯދުމުން މިމަސައްކަތުގައި ހަރަކާތްތެރިވަމުން ދަނީ އެމްއޭސީގެ އާޓިސްޓުންނާއިއެކު ރަށުގެ ބައެއް ރައްޔިތުން ކަމަށެވެ. މިމަސައްކަތް ނިމުމާއިއެކު ރިނބިދޫ ކައުންސިލުން ބޮޑެތި މީހުންނަށާއި ކުޑަކުދިންނަށް ހާއްސަކޮށްގެން އާޓް ކްލާސް ތަކެއް ހިންގުމަށްވެސް ނިންމާފައިވާކަމަށް ހާތިމް ވިދާޅުވިއެވެ.
މިއީ 2011 ވަނަ އަހަރުން ފެށިގެން ރިނބިދޫ ކައުންސިލުގެ ޕްލޭންގައި އޮންނަ ކަމެއް ނަމަވެސް ހަރަދު ކުޑަކޮށް މިކަން ފަށައިގަނެވޭނެ ގޮތެއް ފެނިފައި ނުވުމުން ނުފެށި އޮތް ކަމެއް ކަމަށް ހާތިމް ވިދާޅުވިއެވެ. މިކަން އެބޭފުޅުންނަށް ފަށައިގަނެވުނީ އެމްއޭސީ އާއި ގުޅުނު ހިސާބުންކަމަށްވާތީވެ އެމްއޭސީގެ އެހީތެރިކަން ހާތިމް ވަނީ ވަރަށް ބޮޑަށް ފާހަގަކޮށްފައެވެ.

ދ އަތޮޅަކީ ވެސް ގުދުރަތީ ގޮތުން ވަރަށް މުއްސަނދި އަތޮޅެކެވެ. ޖުމްލަ 56 ރަށް ދ އަތޮޅުގައި އޮންނައިރު މީހުން ދިރިއުޅެނީ 7 ރަށުގައެވެ. ދ އަތޮޅަކީ ލަގްޒަރީ ޓޫރިސްޓު ރިސޯޓުތައް ގިނަ އަތޮޅެކެވެ. އެގޮތުން ސެއިންޓް ރެޖިސް ވޮއްމުލި މޯލްޑިވްސް ރިސޯޓު، ނިޔާމަ ޕްރައިވެޓް އައިލެންޑް، ކަނޑިންމަ މޯލްޑިވެސް، އަންސާނާ ވެލަވަރު، ވިލު ރީފު އަދި އާވީ ނޭޗަރ ޕެރަޑައިސް ހިމެނެއެވެ. އިތުރު ރިސޯޓު ތައް މިހާރުވެސް އެ އަތޮޅުގައި ތަރައްޤީ ކުރަމުންދާއިރު ލޯކަލް ޓޫރިޒަމްވެސް އަތޮޅުގެ ރަށްތަކުގައި ހިންގައެވެ.




2 Responses
Alhugadhu mibuni haggu bass saairu kohdhehvun varah bodah edhen
Mikahala kanthah thah ey kudhi kanthah thahkamah dhekigen dheen hlaaku vaane kamah ovey
Asl neygi namavess thikuranee vr vr viyaanudhaa amaleh
Musslimun kankamuga balanjeheynee guraan aai sunnathah.
Rasoolaa (saw) hadhees kurahvaafa vanee thiyabai meehunge gethah kun soora kurahaafaivaa thakethi nahthaalimah .
Soora kurahaafaivaa thanthanah rahumathuge malaaikathun vadhe vadainugannavaane kamah sahha hadhees thakun saabithuvey.
Hurihithaamaehge bodukamaa !!
Thikuramundhaa nubaiamalu vaguthun huttaalaa kurahaafaivaa soorathah fohumah musslimehge haisiyyathun govaalan adhi harukashi ibaaraathin thimududhaaru amalu kuvverikuran.
Raajeyge dheenee ilmu verin mikanthah rayyithun nah olhun filuvai dhinumah govaalan