އިނގޭސި ޕްރިމިއާ ލީގުގައި ޔުނައިއެޓެޑް ރޭ އާސެނަލްއަތުން ބަލިވެ ލީގުގައި ސޮލްސްޖާ ފުރަތަމަ ފަހަރަށް ބައްޔަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
އާސެނަލް ދަނޑުގައި ކުޅުނު މިމެޗު 2-0 ގެ ނަތީޖާއަކުން އާސެނަލް ކާމިޔާބުކުރިއިރު މެޗުގެ ފުރަތަމަ ލަނޑު 12 ވަނަ މިނަޓްގައި ޖަހައިދިނީ ޖަކާއެވެ. އަދި ދެވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން 69 ވަނަ މިނަޓްގައި ޖަހައިދިނީ އޮބަމަޔާންއެވެ.
ގަދަ ހަތަރަކަށް އަމާޒުހިފާފައި ހުރި ދެޓީމު ކުޅުނު މިމެޗުގައި ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު އާސެނަލް ކުޅުނީ އެޓޭކިން ގޭމެކެވެ. އެއާ ޚިލާފަށް ޔުނައިޓެޑް ވިސްނުންތެރިކާމާއެކު ޑިފެންސްކުރަމުން ކައުންޓާ އެޓޭކަށް އަރަމުން ދިޔައެވެ.
ޖަކާ ދުރުން ފޮނުވާލި ބާރު ހަމަލާ ގޯލަށް ވަދެގެން އާސެނަލްއިން ފުރަތަމަ ލަނޑު ޖެހިއިރު ޔުނައިޓެޑްގެ ކީޕަރު ޑެހެއާއަށް ހުރެވުނީ ނުބައި ޕޮޒިޝަންއެއްގައެވެ.
އާސެނަލްގެ ލަނޑަށްފަހު ޔުނައިޓެޑްގެ ގޭމް ބަދަލުކޮށްލިއެވެ. ޕޮގްބާ ކުރިއަށް ޖެއްސުމާއެކު ޔުނައިޓެޑްގެ ހަމަލާތައް އިތުރުވިއެވެ. އެއާކު ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ލިބިގެންދިޔައެވެ. ލުކާކޫގެ އެއްހަމަލާ ގޯލް ދަނޑިއާ އަމާޒުވިއިރު އަނެއްހަމަލާ ދިފާޢުކުރީ އާސެނަލްގެ ކީޕަރެވެ. ފްރެޑްގެ ދެހަމަލާއެއް އާސެނަލް ގޯލް އަރިމަތީ ދަނޑީގައި ޖެހުނެވެ.
ދެވަނަ ހާފުގައި އާސެނަލްއަށް ލިބިގެންދިޔަ ޕެނަލްޓީއަކީ ލަކަޒެޓަށް އޭރިއާތެރެއިން ފްރެޑް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ، މިޕެނަލްޓީ އޮބަމަޔާންވަނީ ކާމިޔާބުކޮށްފައެވެ.
މިރޭގެ މޮޅާއެކު އާސެނަލްއިން ގަދަ ހަތަރަކަށް ޖެހިލި އިރު، ލިބިފައިވަނީ 60 ޕޮއިންޓްއެވެ. ފަސްވަނައިގައި ޔުނައިޓެޑް އޮތީ 58 ޕޮއިންޓާއެކުގައެވެ.

ރޭ ޗެލްސީ ކުޅުނު މެޗުން ފަހު ވަގުތު ހަޒާޑް ޖެހި ލަނޑާއެކު ބަލިނުވެ ސަލާމަތްވި ޗެލްސީއަށް ގަދަ ހަތަރަކުން ޖާގާ ހޯދޭނެކަމަގެ ޔަޤީންކަށް އެބަ އޮތްކަމަށް ކޯޗު ސާރީވަނީ ރޭގެ މެޗަށްފަހު ބުނެފައެވެ.
މެޗުގައި ވަރުގަދަކޮށް ކުޅުނު ޗެލްސީގެ ނިންމުންތަށް ރަނގަޅު ނުކުރެވުމުގެ ސަބަބުން ފުރަތަމަ ހާފު ނިންމާލީ ލަނޑެއްނުޖެހިއެވެ.
ދެވަނަ ހާފް ފެށިގެން މާ ގިނައިރެއް ނުވެ ވުލްވްސްއިން ލީޑު ނެގިއެވެ. ރަނގަޅު ކައުންޓާ އެޓޭކް ފުރުސަތެއްގައި ވުލްވްސްއިން ކުރިއަށް ޖެހި، ބޯޅަ ގޯލަށް ނިންމާލީ ރައުލް ހިމަނޭޒްއެވެ. ހިމަނޭޒް މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އިރު، އޭނާގެ ގޯލަށްފަހު ޗެލްސީން ފުލް އެޓޭކަށް ގޭމް ބަދަލުކޮށްލިއެވެ.
އޭރިއާ ބޭރުން، ވުލްވްސްގެ ޑިފެންޑަރު ނައްޓާލުމަށްފަހު މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ޗެލްސީއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ހަޒާޑެވެ.