ޒައިނެއްދިން ޒިދާން - ފޮޓޯ: ފޮކްސް ސްޕޯޓްސް އޭސިއާ

ފޯމްގެއްލިފައިއޮތް ރެއަލް ކޮޅަށް ޖެހުމަށް ޒިދާން އެނބުރި ރެއަލްއަށް

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި އަމިއްލަ ދަނޑުގައި އަޔަކްސް އަތުން ކަޓައި އަދި ވާދަވެރި ބާސެލޯނާ އަތުން ބަލިވެ ސްޕެނިޝް ކަޕުން ކެޓިއިރު، ސްޕެނިޝް ލީގު ހޯދުމުގެ ދޮރު ވެސް ގާތްގަނޑަކަށް ބަންދުވެ ހުސްއަތާ ސީޒަން ނިންމާލަން ޖެހިފައިވާ ރެއަލް އަލުން ކޮޅަށް ނެގުމަށް ފްރާންސްގ ލެޖެންޑް ޒިދާން އެނބުރި ރެއާލަށް އަތުވެއްޖެއެވެ.

ރެއާލް މެޑްރިޑަށް ޗެމްޕިއަންސް ލީގުގެ ތަށި ޖެހިޖެހިގެން ތިން ސީޒަނުގައި ހޯދައިދިން ޒިދާން ރެއަލް ދޫކޮށްލީ ރިޕޯޓްތައް ބުނާގޮތުން މެޑްރިޑުން މިދިޔަ ޓްރާންސްފާ މާކެޓްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވިއްކާލުމުންނެވެ. ޒިދާން އޭރު ބޭނުންވީ ރޮނާލްޑޯ ބެހެއްޓުމަށް ފަހު ގަރެތު ބޭލް ވިއްކާލާށެވެ. ނަމަވެސް ޓްރާންސްފާ ކަންތައްތަކުގެ ބާރު ޒިދާންއަށް ނެތުމުން ކުއްލި ގޮތަކަށް އޭރު ރެއަލް ދޫކޮށްލިއެވެ. އަދި މިފަހަރު ރެއަލްއަށް ޒިދާން ގެންނަނީ މިބާރުތަކާއެކުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޒިދާން ރެއަލްމެޑްރިޑްގެ ކޯޗުކަމުން ވަކިވިތާ 9 ވަރަކަށް މަސް ވެފައިވާއިރު ޒިދާންގެ ބަދަލުގައި ރެއާލުން މިދިޔަ ޖޫން މަހު އެ ޓީމަށް ގެނައީ އޭރު ސްޕެއިން ގައުމީ ޓީމުގެ ކޯޗަކަށް ހުރި ހުލެން ލޮޕެޓީގު އެވެ. މެޑްރިޑުގައި ލޮޕެޓީގަށް އެކަށީގެންވާ ރަނގަޅު ނަތީޖާތަކެއް ނުނެރެވުމުގެ ނަތީޖާ އަކަށްވީ މަގާމާ ހަވާލުވިތާ ފަސް މަސް ނުވަނީސް އޭނާ ކޯޗުކަމުން ވަކިކުރުމެވެ. ލޮޕެޓީގު ވަކިކޮށް ރެއާލުން ވަގުތީ ކޯޗަކަށް ގެނައީ އޭރު ރެއާލުގެ ބީ ޓީމުގައި ހުރި ސޮލާރީ އެވެ.

ސޮލާރީއަށް ވެސް ރެއަލްގެ ފޯމް ނުހިފެހެއްޓި މިއަހަރުގެ ސީޒަން ހުސްއަތާ ރެއަލްއަށް ނިންމާލަށް ޖެހިފައިވާއިރު ސޮލާރީގެ ބަދަލުގައި ކާމިޔާބު ކޯޗު ޒިދާންގެންނަށް ރެއަލަށް މަޖުބޫރުވިއެވެ.

ޒިދާން ރެއަލްމެޑްރިޑާއެކު 17-2016 ލަލީގާ، 2017 ވަނަ އަހަރުގެ ސުޕަކޮޕާ ދި އެސްޕީނާ، 16-2015 17-2016 18-2017 ޗެމްޕިއަންސް ލީގު، 2016 އަދި 2017 ވަނަ އަހަރުގެ ޔޫއެފާ ސުޕަކަޕްގެ އިތުރުން 2016 އަދި 2017 ވަނަ އަހަރުގެ ފީފާ ކްލަބް ވޯލްޑްކަޕްވަނީ ކާމިޔާބުކޮށްފައެވެ.

ޒިދާން ރެއަލަށް ގެނައީ ސަންޓިއާގޯ ސޮލާރީ ވަކިކުރުމަށް ފަހު 2022 ވަނަ އަހަރުގެ ނިޔަލަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ