ޝަހީދު ހުސައިން އާދަމް ބިލްޑިންގ (ފުލުހުންގެ މައި އިދާރާ) ފޮޓޯ: ފެށުން

މަސްތުވާތަކެއްޗާއި އެކު ދެ އަންހެނުންނާއި ދިހަ ފިރިހެނުން މާލެ އިން ހައްޔަރުކޮށްފި

ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މާލެ އިން ދެ އަންހެނަކާއި ދިހަ ފިރިހެނުން ހައްޔަރު ކޮށްފިއެވެ.

މަސްތުވާ ތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަަސައްކަތުގެ ތެރެއިން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް އިން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މާލެގެ ގެއެއް ބަލައިފާސްކޮށް 13 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ސްޕެޝަލިސްޓް އޮޕަރޭޝަން ޑިޕާޓްމަންޓާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން އިއްޔެ ކުރިއަށް ގެންދިޔަ މިއޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 46 އަހަރުގެ މީހަކާއި 38 އަހަރުގެ މީހަކާއި 37 އަހަރުގެ މީހަކާއި 34 އަހަރުގެ މީހަކާއި 28 އަހަރުގެ މީހަކާއި 27 އަހަރުގެ މީހަކާއި 26 އަހަރުގެ ދެ މީހުންނާއި 23 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެކެވެ. މި 09 މީހުންނަކީ ވެސް ދިވެހި ފިރިހެނުންނެވެ. އަދި މި މައްސަލަ އާއި ގުޅިގެން 36 އަހަރުގެ ބަންގްލަދޭޝް މީހަކާއި 33 އަހަރުގެ ދިވެހި އަންހެނަކާއި 28 އަހަރުގެ ދިވެހި އަންހެނެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އޮޕަރޭޝަނުގައި ގަލޮޅުގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ބޭނުންކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތާއި ގުޅިގެން ކޯޓުއަމުރެއްގެ ދަށުން އެގެ ބަލައިފާސްކޮށްފައިވާއިރު، އެގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 31 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް އިން ދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް