ކޮލާސިނޭކް އަދި އޮބަމަޔާން - ފޮޓޯ: ޔޫރޯސްޕޯރޓް އޭސިއާ

ޔޫރޮޕާ ލީގު – އޮބަމަޔާންގެ އެހީގައި ނަތީޖާ އަނބުރާލައި އާސެނަލް ކުއާޓާއަށް

ޔޫރޮޕާ ލީގު ގަދަ 16 ގެ ދެވަނަ ލެގުގައި ރޭ އާސެނަލްއިން ރެންސް ބަލިކޮށް ކުއާޓާއަށް ދަތުރުކޮށްފިއެވެ.

ރެންސް ދަނޑުގައި ކުޅެވުނު ފުރަތަމަ ލެގުން 3-1 ގެ ނަތީޖާއަކުން ދަށްވެފައި އޮތް އާސެނަލް ރޭގެ މެޗަށް ނިކުތީ މުޅިން އާ ހިތްވަރަކާއެކުގައެވެ.

ރޭގެ މެޗު 3-0 ގެ ނަތީޖާއަކުން އާސެނަލް މޮޅުވިއިރު މެޗުގެ ފުރަތަމަ ލަނޑު 5 ވަނަ މިނަޓްގައި ޖަހައިދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އޮބަމަޔާންއެވެ. ދެވަނަ ލަނޑަކީ އާސެނަލްއަށް ލިބުނު ނަސީބު ލަނޑެކެވެ. އޮފްސައިޑް ހިސާބެއްގައި ހުރެ ރަމްސޭ ފޮނުވާލި ބޯޅައަކާއެކު އޮބަމަޔާންގެ އެހީގައި މައިޓްލޭންޑް މިލަނޑު ޖަހައިދިނީ މެޗުގެ 15 ވަނަ މިނަޓްގައެވެ. މިހާދިސާގައި ވީއޭރާ ބޭނުންކޮށްފައެއް ނުވެއެވެ.

އާސެނަލް ކުޅުންތެރިން އުފާފާޅުކުރަނީ - ފޮޓޯ: ދި އިންޑިޕެންޑެންޓް

އިތުބާރާ މެޗުން މޮޅުވުމުގެ ޖޯޝުގައި ކުޅެމުންދިޔަ އޮބަމަޔާން އާސެނަލްގެ ތިންވަނަ ލަނޑު ޖަހައިދިނީ މެޗުގެ 72 ވަނަ މިނަޓްގައެވެ. މިލަނޑަށް ފަހު އުފާފާޅުކުރުމުގެ ފޮތުން ބްލެކްޕެންތާ މާސްކެއްވަނީ އޮބަމަޔާން ބޭނުންކޮށްފައެވެ.

އަދި މާސްކް އިން އޭނަ ރަމްޒުކޮށްދޭ ކަމަށާއި ރޭގެ މެޗުގައި ބްލެކްޕެންތާ މާސްކް ބޭނުން ކުރެވުނުއިރު ގާބަން ޤައުމީ ޓީމަށް ކިޔަނީ ޕެންތާކަމަށް މެޗަށްފަހު އޮބަމަޔާން ބުންޏެވެ.

ޔޫރޮޕާ ލީގުގެ މިސީޒަންގައި ކުޅެވުނު ހަތް މެޗުން އޮބަމަޔާން 4 ލަނޑުޖަހައި ދީފައިވާއިރު، 2 ލަނޑުޖެހުމަށް އެހީތެރިވެދީފައިވެއެވެ.

މިދިޔަ ސީޒަންގައި އާސެން ވެންގާގެ އިރުޝާދުގެ ދަށުން ކުޅުނު އާސެނަލް ކެޓީ ސެމީ ފައިނަލްއިންނެވެ. މިސީޒަންގައި އުނައިގެ އިރުޝާދުގެ ދަށުން އާސެނަލް ކުޅެމުން އަންނައިރު އުނައިވަނީ ސެވިއްޔާއާއެކު ތިން ފަހަރެއްގެ މަތިން މިމުބާރާތް ކާމިޔާބުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ