ޗެމްޕިއަންސް ލީގު އަދި ޔޫރޮޕާ ލީގު ލޯގޯ - ފޮޓޯ: މުމްބާއީ ލައިވް

ޔޫއެފާ ޗެމްޕިއަންސް ލީގު އަދި ޔޫރޮޕާ ލީގު ކުއާޓާ އަދި ސެމީ ފައިނަލްގެ ގުރު ނަގައިފި

ޔޫއެފާ ޗެމްޕިއަންސް ލީގު އަދި ޔޫރޮޕާ ލީގު ކުއާޓާ ފައިނަލްގެ ގުރު ނަގައިފިއެވެ.

މިއަހަރުގެ ޗެމްޕިއަންސް ލީގުގެ އެންބެސެޑާ ބްރެޒިލްގެ ކުރީގެ ކީޕަރު ޖޫލިއޯ ސިޒާރުއާއެކު މިއަދު ހަވީރު ސްވިޒަލޭންޑްގެ ނިއޯންގައި ޗެމްޕިއަންސް ލީގުގެ ގުރުއަތުލުން ކުރިއަށްދިޔައިރު، ޔޫރޮޕާ ލީގުގެ ގުރުއަތުލުން ކުރިއަށްދިޔައީ ޔޫރޮޕާ ލީގުގެ އެމްބެސެޑާ ޕިއޭރް ވޮން ހޮއިޑޮންކްއާކުގައެވެ.

ޗެމްޕިއަންސްލީގުގެ ކުއާޓާ ފައިނަލް

  • އަޔޭކްސް - ޔުވެންޓަސް
  • ލިވަޕޫލް - ޕޯޓޯ
  • ޓޮޓޭންހާމް – މެންޗެސްޓާ ސިޓީ
  • މެންޗެސްޓާ ޔުނައިޓެޑް - ބާސެލޯނާ

މިމެޗުތަކުގެ ފުރަތަމަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ 10 އަދި 11 އޭޕްރީލްގައެވެ. އަދި ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 18 ގައެވެ.

ސެމީ ފައިނަލް  ފުރަތަމަ ލެގު މެއި 1 އަދި 2 ގައި އަދި ދެވަނަ ލެގު މެއި 8 އަދި 9 ގައި ކުޅުމަށް ހަމަޖެހިފައިވާއިރު ސެމީގެ ފުރަތަމަ މެޗުގައި ޖެހޭނީ ޓޮޓޭންހާމް – މެންޗެސްޓާ ސިޓީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއި އަޔޭކްސް – ޔުވެންޓަސް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެކެވެ.

ސެމީގެ ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބާސެލޯނާ – މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއި ލިވަޕޫލް – ޕޯޓޯ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާދެމެދުއެވެ.

މިމުބާރާތުގެ ފައިނަލް ޖޫން 2 ގައި ކުޅުމަށް ހަމަޖެހިފައިވަނީ މެޑްރިޑްގެ އެސްޓާޑިއޯ ވަންޑާ މެޓްރޯޕޮލިޓާނޯގައެވެ.

ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލް

  • ނަޕޯލީ – އާސެނަލް
  • ވިލަރެއާލް – ވެލެންސިއާ
  • ބެންފީކާ – ފްރެންކްފާޓް
  • ސްލާވިއާ - ޗެލްސީ

މިމެޗުތަކުގެ ފުރަތަމަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ 11 އޭޕްރިލްގައެވެ. އަދި ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 18 ގައެވެ.

ސެމީ ފައިނަލް  ފުރަތަމަ ލެގު މެއި 2 އަދި ދެވަނަ ލެގު މެއި 9 ގައި ކުޅުމަށް ހަމަޖެހިފައިވާއިރު ސެމީގެ ފުރަތަމަ މެޗުގައި ޖެހޭނީ ނަޕޯލީ – އާސެނަލް އަދި ވިލަރެއާލް – ވެލެންސިއާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެކެވެ.

ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ބެންފީކާ – ފްރެންކްފާޓް އަދި ސްލާވިއާ - ޗެލްސީ ބައްދަލުކުރާ މެޗުން މޮޅުވާ ދެޓީމެވެ.

މިމުބާރާތުގެ ފައިނަލް މެއި 29 ގައި ކުޅުމަށް ހަމަޖެހިފައިވަނީ އަޒަރްބައިޖާންގެ ބަކޫ އޮލިމްޕިކް ސްޓޭޑިއަމްގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ