2018 ވޯލްޑްކަޕަށްފަހު ފުރަތަމަ ފަހަރަށް ރޮނާލްޑޯ ޕޯޗުގަލް ޤައުމީ ޓީމުގައި ހިމެއްނިއްޖެއެވެ.
ޖުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ޤައުމީ ޓީމަށް ނުކުޅޭތާ އަހަރެއްހާ ދުވަސްވާން މިވަނީ ގާތްވެފައެވެ.
ވާދަވެރި ލިއޮނަލް މެސީއެކޭ އެއްފަދައިން ރޮނާލްޑޯވެސް އެންމެފަހުން ޤައުމީ ޓީމަށް ކުޅެދީފައިވަނީ 2018 ގެ ވޯލްޑްކަޕްގައެވެ. ކުރިއަށް މިއޮތް އިންޓަނޭޝަނަލް ބްރޭކްގައި ޕޯޗުގަލް ޓީމުގައި ރޮނާލްޑޯ ހިމެނޭއިރު ރޮނާލްޑޯގެ އިތުރުން ޔުވެންޓަސްގެ ރައިޓްބެކް ޖޮއާއޯ ކަންސެލޯ، ނަޕޯލީގެ ލެފްޓްބެކް މާރިއޯ ރުއި އަދި އިންޓަގެ މެދުތެރެއަށް ކުޅެމުން އަންނަ ޖޮއާއޯ މާރިއޯ ހިމެނެއެވެ.
ޕަރްމާގެ ޑިފެންޑާ ބްރުނޯ އަލްވެސް އަދި އިންޓަގެ ސެޑްރިކް ސޯރެސްއަށް މިޓީމުން ފުރުޞަތު ލިބޭގޮތްވަނީ ނުވެފައެވެ.
2016 ވަނަ އަހަރުގެ ޔޯރޯ ކާމިޔާބުކޮށްފައިވާ ޕޯޗުގަލް މިތަށި ދިފާޢުކުރުމަށް ނުކުންނައިރު ކޮލިފިކޭޝަންގައި ޔޫކްރެއިންއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހު 22 ގައެވެ. އަދި އޭގެ ތިން ދުވަސް ފަހުން ސާބިއާ ދެކޮޅަށް ކުޅުމަށްވަނީ ހަމަޖެހިފައެވެ.
ފޯޗުގަލް ޓީމު 2016 ވަނަ އަހަރުގެ ޔޫރޯ ތައްޓާއެކު އުފާފާޅުކުރަނީ - ފޮޓޯ: މެނޭޖިން މެޑްރިޑް
އުމުރުން 34 އަހަރުގެ ކްރިސްޓީއާނޯ ރޮނާލްޑޯ ޕޯޗުގަލްއަށް 43 މެޗު ކުޅެދީ 32 ލަނޑު ޖަހާދީފައިވެއެވެ. 2016 ވަނަ އަހަރުގެ ޔޫރޯ ޕޯޗުގަލް ކާމިޔާބުކުރުމުގައި ރޮނާލްޑޯވަނީ ބޮޑު ދަޢުރެއްއަދާކޮށްފައެވެ.