ކީލިއަން އެމްބާޕޭ - ފޮޓޯ: ސްޕޯޓްސް ޖޮއިންޓް

ޓީމު މީޓިންއަށް ގަޑި ޖެހުމުގެ ސަބަބުން އެމްބާޕޭ ޖޫރުމަނާ ކޮށްފި

ޓީމު މީޓިންއަށް ގަޑި ޖެހުމުގެ ސަބަބުން އެމްބާޕޭ ޖޫރުމަނާ ކޮށްފިއެވެ.

ޓީމު މީޓިންއަށް ގަޑި ޖެހުމުގެ ސަބަބުން 180،000 ޔޫރޯއިން އެމްޕާބޭ ޖޫރުމަނާކޮށްފައިވާއިރު އެމްބާޕޭގެ އިތުރުން ފްރާންސްގެ ރަބިއޮޓްވެސްވަނީ މީޓިންއަށް ގަޑިޖެހުމުގެ ސަބަބުން ޖޫރުމަނާ ކޮށްފައެވެ.

މިދެކުޅުންތެރިން ޖޫރުމަނާ ކޮށްފައިވަނީ ލީގު 1 ގައި މާސެއިލްއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން މިދިޔަ އޮކްޓޯބަރ މަހު ބޭއްވުނު ޓީމު މީޓިންއަކަށް ގަޑިޖެހުމުގެ ސަބަބުންކަމަށް ރިޕޯޓުތައް ބުނެއެވެ.

ކުށް ޤަބޫލުކޮށް އެމްބާޕޭ ލިޔުމުގައި ސޮއިކުރިއިރު ޖޫރުމަނާ ކުރެވުނު އަދަދު އެމްބާޕޭވަނީ ދައްކާފައެވެ. އަދި ޖޫރުމަނާ ކުރެވުނު މިފައިސާ ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ޕީއެސްޖީ ފައުންޑޭޝަންއަށެވެ.

އެމްބާޕޭއަށް ލޯ އަޅައަޅައި އޮތް ރެއަލްމެޑްރިޑް އޮތީ ޕީއެސްޖީ އާއި އެމްޕާބޭއާ ދެމެދުޖެހޭ މައްސަލައަކަށް ބަލަބަލައެވެ.

އެމްބާޕޭ މިހާތަނަށް ޕީއެސްޖީއަށް 78 މެޗު ކުޅެދީފައިވާއިރު 51 ލަނޑު ޖަހާދީފައިވެއެވެ. އުމުރުން 20 އަހަރުގެ އެމްބާޕޭ ލީގު 1 މިއަހަރުގެ ސީޒަންގައި ޕީއެސްޖީއަށް 22 މެޗު ކުޅެދީފައިވާއިރު 25 ލަނޑުޖަހާދީފައިވެއެވެ. އަދި ލީގު 1 މިއަހަރުގެ ސީޒަންގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިއަކީވެސް އެމްބާޕޭއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ