އެޑްރިއެން ރަބިއޮޓު - ފޮޓޯ: ރީޑް ޗެލްސީ

އެޑްރިއެން ރަބިއޮޓު ޕީއެސްޖީގައި ހައްޔަރުކޮށްފައިވާ މީހެއްފަދަ – ރަބިއޮޓުގެ މަންމަ

ެޑްރިއެން ރަބިއޮޓުއަކީ ޕީއެސްޖީގައި ހައްޔަރުކޮށްފައިވާ މީހެއްފަދަ ކުޅުންތެރިއެއްކަމަށް ރަބިއޮޓުގެ އޭގެންޓެއްގެ ގޮތުގައި މަސައްކަތްކުރާ އޭނާގެ މަންމަ ބުނެފިއެވެ.

ރަބިއޮޓު މިދިޔަ ޑިސެމްބަރ މަހުގެ ފަހުން ޕީއެސްޖީއަށް މެޗެއް ކުޅެދީފައިނުވާއިރު މާރޗް 27 އާއިހަމައަށް ރަބިއޮޓުވަނީ ސަސްޕެންޑް ކުރެވިފައެވެ. ސަސްޕެންޑްކުރެވިފައިވަނީ ޗެމްޕިއަންސް ލިގުގައި ޔުނައިޓެޑް އަތުން ބަލިވި މެޗަށްފަހު ޔުނައިޓެޑްގެ ކާމިޔާބީ ފާހަގަކޮށް ޔުނައިޓެޑަށް ކުރިން ކުޅެދިން އެވްރާ މީސްމީޑިއާގައި ޕޯސްޓްކޮށްފައިވާ ވީޑިއޯއަކަށް ލައިކްދިނުމާއި ގުޅިގެންނެވެ. އަދި މިކަމާ ގުޅިގެން ޕީއެސްޖީގެ ޓްރެއިނިންގ ގްރައުންޑުން ރަބިއޮޓު ފޮނުވާލާފައިވެސްވެއެވެ.

މިދިޔަ ޖެނުއަރީގައި ރަބިއޮޓުގެ ބައްޕަ އަދި މާމަގެ މަރަށްފަހު އެކަމުން އަރައި ނުގަނެވިގެން އުޅެނިކޮށް ފިނިމޫސުމުގައި ޕީއެސްޖީ ގަތަރަށްކުރި ދަތުރުގައި ރަބިއޮޓު ބައިވެރިނުވުމުން ޖޫރުމަނާ ކުރެވިފައިވަނީ ރަބިއޮޓުގެ ޙާލަތަށް ނުބަލާކަމަށްވެސް ރަބިއޮޓުގެ މަންމަ ތުޙުމަތުކުރެއެވެ.

ރަބިއޮޓުއަކީ މިހާރު ޕީއެސްޖީއިން ހައްޔަރުކޮށްފައިވާ ފަދަ މީހެއްކަމަށާއި ކުޅުންތެރިން ކަބަޑުގައި ރައްކާކޮށްފައި ބެހެއްޓުމުގެ ބަދަލުގައި އެކުޅުންތެރިން ލައްވާ ކުޅުވަން ޖެހޭނެކަމަށާއި ނޫންނަމަ ޕާނެއް ފަދައިން ހިކިގެން ހިނގަދާނެކަމަށް އެލްއިކްއިޕަށް ދިން އިންޓަވިއުގައި ރަބިއޮޓްގެ މަންމަ ބުނެފައިވެއެވެ.

އެޑްރިއެން ރަބިއޮޓުގެ އެޖެންޓް އަދި މަންމަ ވެރޯނިކް ރަބިއޮޓު - ފޮޓޯ: އެލްއިކުއިޕް

އަދި ނިންޖާއި ގުޅިގެން ޓީމް މީޓިންއަކަށް އެންމެ 6 މިނަޓް ލަސްވުމުގެ ސަބަބުން ރަބިއޮޓް ޖޫރުމަނާކޮށްފައިވާއިރު އިންޖަރީ ވެފައިވާ އެޓީމުގެ ނޭމާއަށް ބްރެޒިލްގައި އޮތް ރިއޯ ކާނިވަލަށް ޕާޓީކުރުމަށް ދިއުމުގެ ހުއްދަ ޕިއެސްޖީއިން ދީފައިވާކަންވެސް ރަބިއޮޓުގެ މަންމަ ފާހަގަކުރިއެވެ.

ޕީއެސްޖީއާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކުރަން ރަބިއޮޓު ދެކޮޅުހަދާފައިވާއިރު އަންނަ ހޫނު މޫސުމުގެ ޓްރާންސްފާގައި ރަބިއޮޓު ޕީއެސްޖީ ދޫކޮށްލާނެކަމަށް ލަފާކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް