ކޯޓުއާ - ފޮޓޯ: ގޯލް.ކޮމް

ޔޫރޯ ކޮލިފިކޭޝަން - ހަޒާޑުގެ ދެ ލަނޑާއެކު ކީޕަރު ކޯޓުއާއަށް ހެދުނު ގޯހުން ބެލްޖިއަމް ސަލާމަތްވެއްޖެ

ޔޫރޯ ކޮލިފިކޭޝަންގައި ރޭ ބެލްޖިއަމް އަދި ރަޝިއާ ބައްދަލުކުރި މެޗުގައި ބެލްޖިއަމްގެ ކީޕަރު ކޯޓުއާއަށް ހެދުނު ގޯހުން ބެލްޖިއަމް ސަލާމަތްވެއްޖެއެވެ.

ހަޒާޑްގެ އެހީގައި ރަޝިއާ ބަލިކޮށް ބެލްޖިއަމްއިން ޔޫރޯ ކޮލިފައިންގެ ފެށުން ރަނގަޅު ކުރިއިރު ރޭގެ މެޗުގެ ބެލްޖިއަމްއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުން ރަޝިއާގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ރަޝިއާއަށް މާއެދެވޭ ކުޅުމެއް ނުދެއްކުނު މިމެޗުގެ ފުލް ކޮންޓްރޯލްއޮތީ ބެލްޖިއަމް އަތުގައެވެ. ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދީވެސް ބެލްޖިއަމްއިންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ލަނޑު ޖަހައި ފުރަތަމަ ލީޑު ނެގީވެސް ބެލްޖިއަމްއިންނެވެ. މެޗުގެ 14 ވަނަ މިނަޓްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޓެއިލެމެންސްއެވެ.

އޭގެ ދެމިނެޓް ފަހުން ބެލްޖިއަމްގެ ކީޕަރު ކޯޓުއާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ރަޝިއާއިން މެޗުގެ ނަތީޖާ ހަމަހަމަކުރިއިރު މިލަނޑު ރަޝިއާއަށް ޖަހައިދިނީ ޗެރީޝެވްއެވެ. ކޯޓުއާއަށް ހެދުނު ގޯހާއެކު މެޗުގެ ނަތީޖާ ހަމަހަމަވުމުން ބެލްޖިއަމްގެ ހަމަލާތައް އިތުރަށް ވަރުގަދަ ކުރިއެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފުގެ ފަހުވަގުތު ކޮޅުގައި ލިބުނު ޕެނަލްޓީއެއްގެ އެހީގައި ބެލްޖިއަމްއިން ދެވަނަ ފަހަރަށް ލީޑުނެގިއެވެ. އަދި ބެލްޖިއަމްގެ ތިންވަނަ ލަނޑު މެޗުގެ 88 ވަނަ މިނަޓްގައި ކާމިޔާބުކުރިއިރު މިދެލަނޑުވެސް އެޓީމަށް ޖަހައިދިނީ އިތުބާރު ފޯވާޑް އެޑެން ހަޒާޑެވެ.

އެޑެން ހަޒާޑް - ފޮޓޯ- ސްޕޯޓްސް އިލަސްޓްރޭޓެޑް

މެޗުގައި އެއް ރަތްކާޑު ފެނިގެންދިޔައިރު މިއީ މެޗުގެ 90 ވަނަ މިނަޓްގައި ރަޝިއާގެ ގޮލޮވިންއަށް ދެއްކި ދެވަނަ ރީދޫކާނޑާއެކު ދެއްކި ރަތްކާޑެކެވެ.

2018 ވޯލްޑްކަޕްގެ ސެމީގައި ކުޅެފައިވާ ބެލްޖިއަމްގެ ޔޫރޯ ކޮލިފައިން ދެވަނަ މެޗު އާދިއްތަ ދުވަހު ކުޅޭނީ ސައިޕްރަސްއާ ދެކޮޅަށެވެ.

ބެލްޖިއަމްގެ އިތުރުން ގްރޫޕް އައި ގައި ދެން ހިމެނެނީ ސައިޕްރަސް، ކަޒަކިސްތާން، ރަޝިއާ، ސްކޮޓްލޭންޑް އަދި ސެންމަރީނޯއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް