މި ސަރުކާރުން ހިންގަން ރާވާފައިވާ ސޯޝަލް ހައުސިން މަޝްރޫއުގެ ދަށުން 4،000 ހައުސިން ޔުނިޓް އެޅުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއި ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ހެނދުނު ޕްރޮގްރާމް "ފަށާއިރު" ގައި ރައީސް ސޯލިހް ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް އަތް ފޯރާ ފަށުގައި ބޯހިޔާވަހިކަން ހޯއްދަވައި ދެއްވާނެ ކަމަށާއި، ތިން ކޮޓަރީގެ އެޕާޓްމަންޓެއް މަހަކު 6،000 ރުފިޔާއަށް ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ.
ރައީސް ޞޯލިޙް ވިދާޅުވީ، މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު ބޯހިޔާވަހިކަމަށް ސަލާން ޖެހުމުގެ މައްސަލައަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށާއި، މި ސަރުކާރުގެ ސޯޝަލް ހައުސިންގެ ދަށުން ދޫކުރާ އެޕާޓްމަންޓްތަކުގެ ކުލި އުޅޭނީ 5000ރ. އާއި 6،000ރ. އާ ދެމެދު ކަމަށެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަކީ ރައްޔިތޔުން އެންމެ ބޭނުންވާ ހިދުމަތަށްވާއިރު، އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުތަކުން ވަނީ ނުކުޅެދިފައެވެ. ވޭތުވެދިޔަތަނުގައި ހިންގާ އެންމެ ބިޔަ ހައުސިންގ މަޝްރޫއަކީ ރައީސް ޔާމީންގެ ވެރިކަމުގައި ފެއްޓެވި "ހިޔާ" މަޝްރޫއެވެ.
ބޮޑު ހައުސިންގ މަޝްރޫއެއް ސަރުކާރުން މިއަދު އިއުލާން ކުރަން ނިންމާފައިވާއިރު، މަޖިލިސް އިންތިޚާބަށް މިވަނީ 9 ދުވަހަށް ވެފައެވެ.
ހިޔާލު
އެއީ މިހާރު ފުލެޓި ދީފައި ތިބި މީހުން އަތުލައި އެމީހުންގެ މީހުންނަށް ދިނުން
ކޮމެންޓް ކުރުން ބަންދު