މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން | ފޮޓޯ : ރައީސް އޮފީސް

ރާއްޖެއިން ނުފުރިފައި ތިބި 11 ފަތުރުވެރިން މިރޭގެ ވަގުތެއްގައި ފުރުވާލެވޭނެ: އަލީ ވަހީދު

ނޮވެލް ކޮރޯނާ ވައިރަހުގެ ސަބަބުން ބައެއް ފްލައިޓުތައް ކެންސަލްވުމާއި ބައެއް ގައުމުތަކަށް އެތެރެ ނުވެވޭގޮތަށް ހަދާފައިވުމުން ރާއްޖެއިން ނުފުރިފައި ތިބި 11 ފަތުރުވެރިން މިރޭގެ ވަގުތެއްގައި ރާއްޖެއިން ފުރުވާލެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ އެއާލައިންތަކުގެ ޕޮލިސީތަކަށް ގެނައި ބަދަލުތަކާގުޅިގެން މިވަގުތު ރާއްޖޭގައި ނުފުރިތިބި 11 ފަތުރުވެރިން މިރޭގެ ވަގުތެއްގައި ފުރުވާލެވޭނެކަމަށެވެ. އަދި މި ފަތުރުވެރިންގެ ހުރިހާކަމެއް ބަލަހައްޓަމުން ގެންދަނީ ސަރުކާރުން ކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުންދަނީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަމުންކަމުގައިވެސް އަލީ ވަހީދު ވިދާޅުވިއެވެ.

އިންޑިއާގައި ކަރަންޓީނުކޮށްފައިވާ ދިވެހިންގެ ހާލަތުވެސް ސަރުކާރުން ބަލަމުން ގެންދާ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައު އަލީ ވަހީދުގެ އިތުރުން އެޗް.ޕީ.އޭގެ ސީނިއަރ މެޑިކަލް އޮފިސަރ ޑރ. ނަޒްލާ ރަފީޤު އަދި ކޮންސަލްޓަންޓެއްގެ ގޮތުގައި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ ގްލެން ސީ. ޝޯން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ