ޒަބީ އަލޮންސޯ - ފޮޓޯ: ފުޓްބޯލް ނިއުސް

ކޯޗިން ކެރިއަރުގައި އަލޮންސޯ ހޯދި ފުރަތަމަ ތަށި

ޒަބީ އަލޮންސޯ ކޯޗިން ކެރިއަރުގައި ހޯދި ފުރަތަމަ ތަށި ރެއަލްމެޑްރިޑްގެ ޒުވާން ޓީމާއެކު ހޯދައިފިއެވެ.

އުމުރުން 36 އަހަރުގެ އަލޮންސޯގެ އިރުޝާދުގެ ދަށުން ރެއަލްމެޑްރިޑްގެ ޒުވާންޓީމު މިތަށި ކާމިޔާބުކޮށްފައިވަވނީ "ޑިވިޒަން ޑި އޮނާ ޓައިޓަލް"ގެ 13 އަހަރުން ދަށުގެ ކެޓަގަރީންނެވެ.

މުބާރާތުގައި ބާކީ ތިން މެޗު އޮތް ނަމަވެސް އަލޮންސޯގެ ޓީމު މިމުބާރާތް ކާމިޔާބުކޮށްފައިވަނީ ރޭ ރަށުން ބޭރުގައި ކުޅުނު މެޗުން އަޑާވެ ބަލިކުރުމަށްފަހުގައެވެ.

ރެއަލްމެޑްރިޑް ބޮޑު ޓީމުގެ މެދުތެރެއަށްވެސް ކުޅުނު ޒަބީ އަލޮންސޯ ކޯޗެއްގެ ގޮތުގައި ރެއަލްގައިހުރީ ވަރަށް ހިތްހަމަ ޖެހިގެންނެވެ. އަދި ކޯޗިން ދާއިރާއަށް ނިކުތް ފުރަތަމަ އަހަރު ލިބުނު ފުރަތަމަ ކާމިޔާބީއާއެކު އަލޮންސޯ ހުރީ ވަރަށް އުފަލުންނެވެ.

މިއީ ކޯޗުކަންކޮށްދިން ފުރަތަމަ ސީޒަންކަމަށާއި އަދި މިސީޒަންވެގެން މިދިޔައީ ވަރަށް ޕޮޒިޓީވް ސީޒަންއެއްކަމަށްވެސް އަލޮންސޯވަނީ ބުނެފައެވެ.

ލިވަޕޫލްއިން ވިދާލި ސްޕެއިންގެ ޒަބީ އަލޮންސޯވަނީ ރެއަލްމެޑްރިޑަށާއި ބަޔާން މިއުނިކަށްވެސް ކުޅެދީފައެވެ. ސްޕެއިން އާއެކު 1 ވޯލްޑްކަޕް އަދި 2 ޔޫރޯ ކާމިޔާބުކޮށްފައިވެއެވެ. ލިވަޕޫލްއާއެކު 1 ޗެމްޕިއަންސް ލީގު، 1 ސުޕަ ކަޕް،1 ކޮމިއުނިޓީ ޝީލްޑް އަދި 1 އެފްއޭ ކަޕް ކާމިޔާބުކޮށްފައިވާއިރު ރެއަލްމެޑްރިޑާއެކު 1 ޗެމްޕިއަންސް ލީގު، 1 ލަލީގާ، 2 ކޮޕަޑެލްރޭ އަދި 1 ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްފައިވެއެވެ.

އަދި އެންމެފަހުން ކުޅުނު ބަޔާންއާއެކު 3 ބުންޑެސް ލީގާ، 1 ޖަރުމަން ކަޕް އަދި 1 ޖަރުމަން ސުޕަ ކަޕް ކާމިޔާބުކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް