މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ފިޔަވަތިއަށް ޒިޔާރަތްކުރައްވައި

ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސް މިނިސްޓަރު ކަމަށް އަލަށް އައްޔަން ކުރެއްވި އައިޝަތު މުހައްމަދު ދީދީ ފިޔަވަތިއަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

ޖެންޑާ މިނިސްޓުރީއިން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޢާއިޝަތު މުޙައްމަދު ދީދީ ފިޔަވަތިއަށް ޒިޔާރަތްކުރައްވައި، އެ މަރުކަޒުގެ މުވައްޒަފުންނާއި ކުދިންނާ ބައްދަލުކުރައްވައި، އެ ތަނުގެ ޙާލަތު އޮޅުންފިލުއްވައިފައި ވާކަމަށެވެ.

ޢާއިޝަތު މުޙައްމަދު ދީދީ ޖެންޑާ މިނިސްޓަރުކަމުގެ ހުވާ އިއްޔެ ކުރައްވައިފައި ވާއިރު ކުރިން ޖެންޑާ މިނިސްޓަރު ކަމުގައި ހުންނެވި ޝިދާތާ ޝަރީފް އެމަގާމުން އިސްތިއުފާ ދެއްވައިފައިވަނީ ކުޑަކުދިންނާއި ގުޅޭ ބޮޑެތި މައްސަލަތަކެއް ހައްލު ކުރުމުގައި ފެއިލް ވެފައިވާކަމަށް ބުނެ ކުރިމަތިވި ބޮޑެތި ޕްރެޝަރުތަކާހެދިއެވެ.

މިގޮތުން ޝިދާތާ ޖެންޑާ މިނިސްޓަރުކަމުގެ މަގާމުން އިސްތިއުފާ ދީފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަ ސަރުކާރުގެ މައިޕާޓީ އެމްޑީޕީއިން ޝިދާތާގެ އިތުބާރު ނެއްކަމުގެ މައްސަލައެއް ލުމަށްވެސް ނިންމައިފައި ވަނިކޮށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ