ނޫސްވެރިންނާއި ބައްދަލުކޮށް މިނިސްޓަރ އަލީ ވަހީދާއި މިނިސްޓަރ އަމީން މައުލޫމާތު ދެއްވަނީ | ފޮޓޯ : ހެލްތު މިނިސްޓްރީ

ދައުރު ކުރަމުން ގެންދަނީ ސައްޙަ އޯޑިއޯތަކެއް ނޫން: އަލީ ވަހީދު

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ޔޫތު މިނިސްޓްރީގެ ސްޓޭޓެ މިނިސްޓަރ އައްސަދު އަލީގެ އޯޑިއޯ ތަކެއް މީސް މީޑިއާގައި ދައުރުވަމުންދާއިރު އަލީ ވަހީދު ވިދާޅުވަނީ ދައުރު ކުރަމުން ގެންދަނީ ސައްޙަ އޯޑިއޯ ތަކެއް ނޫން ކަމަށެވެ.

ހެލްތު މިނިސްޓަރ އަބްދުﷲ އަމީން އަށް ހުތުރު ބަހުން މުޙާތަބު ކުރާކަމަށް ބުނެ މީސް މީޑިއާގައި އޯޑިއޯ އެއް ދައުރުވަމުން ދާތާ މާގިނައިރުތަކެއް ނުވެ އެޑިއުކޭޝަން މިނިސްޓަރ އައިސަތު އަލީ އަށްވެސް ހުތުރު ބަހުން މުހާތަބު ކުރާކަމަށް ބުނާ އޯޑިއޯ އެއް ދަނީ ދައުރުވާން ފަށައިފައެވެ.

އަލީ ވަހީދު ވިދާޅުވީ އަބުރު ކަތިލުމުގެ ގޮތުން ހިންގާ ޖަރީމާތަކުން އަޒުމެއް ނުގުޑާނެ ކަމަށާއި ހިތްވަރުވެސް ބައްޔެއް ނުކުރެވޭނެ ކަމަށެވެ. އަދި ހައްޤައް ނަސްރު ލިބޭނެ ކަމަށްވެސް އަލީ ވަހީދު ވަނީ ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައެވެ.

ކޮރޯނާ ވައިރަހާ ގުޅިގެން މާސްކާއި ކެމެރާ އަދި ކަރަންޓީނު ފެސިލިޓީ ވެސް ހެދީ އޭނާ ކަމަށާއި މިނިސްޓަރު އަމީން ކުރެއްވި ކަމަކީ ހެދިކާ ކެއުން ކަމަށް ލީކުވެފައިވާ އޯޑިއޯގައި އަލީ ވަހީދު ވިދާޅުވެފައިވާ އަޑު އިވެއެވެ.

އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީއަށް ނިސްބަތްކޮށް އަލީ ވަހީދު ވާހަކަ ދެއްކެވި އޯޑިއޯގައި ވެސް އަލީ ވަހީދު އެޑިއުކޭޝަން މިނިސްޓަރަށް ވެސް ހުތުރު ބަސްތަކެއް ރައްދުކޮށްފައިވާއިރު މިނިސްޓްރީގެ ބައެއް ސިޔާސަތުތަކަށް ވެސް ފާޑު ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ