ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ޖަރުމަނަށް ދިއުމަށްޓަކައި ފުރައިވަޑައިގެންފިއެވެ.
ޝާހިދުގެ މިދަތުރުފުޅަކީ ޖަރުމަނުގައި މިމަހުގެ 9 އަކުން 10 އަކަށް ކުރިއަށްދާ ފަސްވަނަ "ބާރލިން ޓުރާންސިޝަން ޑައިލޮގް" ގައި ބައިވެރިވުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ.
"ބާރލިން ޓުރާންސިޝަން ޑައިލޮގް" އަކީ ބައިނަލްއަގްވާމީ ފޯރަމެކެވެ. މިފޯރަމުގައި ވާހަކަދެކެވޭނީ ރައްކާތެރި އަގުހެޔޮ އިއާދަކުރަނެވި ހަކަތަޔަށް ބަރޯސާވުމާއި ބެހޭގޮތުންނެވެ. މިވާހަކަތަކުގެ ތެރެއިން، އިއާދަކުރަނެވި ހަކަތައިގެ މިޒަމާނުގައި ޖިއޯޕޮލިޓިކްސް އަދާކުރާ ދައުރާ ބެހޭގޮތުން ބާއްވާ ޕެނަލް ޑިސްކަޝަންއެއްގައި ޝާހިދު ވާހަކަދައްކަވާނެއެވެ.
Foreign Minister departs to Germany to participate in the Fifth #Berlin Energy Transition Dialogue#betd2019
— Ministry of Foreign Affairs ?? (@MoFAmv) April 8, 2019
Press Releasehttps://t.co/57StxNMSIn pic.twitter.com/IKAyJSKYv2
މިދަތުރުފުޅުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ޖަރުމަނު ސަރުކާރުގެ އިސްވަޒީރުންނާއި ޝާހިދު ވާހަކަ ދައްކަވާނެއެވެ.