ޗެމްޕިއަންސް ލީގުގެ ކުއާޓާގެ މެޗުތައް މިރޭ ފެށުމަށް ހަމަޖެހިފައިވާއިރު ޓޮޓޭންހާމް އަދި ސިޓީ ބައްދަލުކުރާ މެޗަކީ ކޯޗިން ކެރިއަރުގައި ބައްދަލުވާ އެންމެ ބޮޑު މެޗުކަމަށް ޓޮޓޭންހާމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ.
ކުރިއަށް އޮތް 10 ދުވަސް ތެރޭގައި ޓޮޓޭންހާމް އަދި ސިޓީ ތިން ބުރަށް ބައްދަލުކުރާނެއެވެ. ކުއާޓާ ފައިނަލްގެ ދެލެގަށްފަހު ޕްރިމިއާ ލީގުގައި މިދެޓީމު އޭޕްރިލް 20 ގައި ޕްރިމިއާ ލީގު މެޗެއް ކުޅޭނެއެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގު ޓޮޓޭންހާމްގައި ކުޅުމަށް ހަމަޖެހިފައިވާއިރު އެމެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 00:00 ގައެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާއަށް ޓޮޓޭންހާމް ދަތުރުކުރީ ޖަރުމަނުގެ ވަރުގަދަ ޑޯޓުމުންޑް ބަލިކުރުމަށްފަހުގައެވެ.
ދަ މިރާއިން ކުރި ސުވާލަކަށް ޖަވާބުދެމުން ޗެމްޕިއަންސް ލީގުގައި ސިޓީއާ ބައްދަލުކުރާ މެޗަކީ ކޯޗިން ކެރިއަރުގައި ބައްދަލުވާ އެންމެ ބޮޑު މެޗުކަށްވަނީ އެއްބަސްވެފައެވެ.
މިސީޒަންގައި ދިމާވި ކަންތައްތަކަށްފަހު ޗެމްޕިއަންސް ލީގު ކުއާޓާގައި ކުޅުމުގެ ފުރުޞަތު ލިބުމަކީ ލިބުނު ނަޞީބެއްކަމަށާއި ބޭނުންވަނީ ސެމީއަށް ދަތުރުކުރުންކަމަށް ޕޮޗެޓީނޯވަނީ ބުނެފައެވެ.
ސިޓީއާއެކު ކުޅެވޭ މެޗުތަކުން ނެރެވޭ ދަށްނަތީޖާތައް ބަދަލުކުރުމުގެ އުއްމީދުގައި ހުރި ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ޓޮޓޭންހާމް އެންމެ ފަހުން ސިޓީ ބައްދަލުކުރި 4 މެޗުންވެސް މޮޅެއް ލިބިފައިނުވާއިރު 3 މެޗުން ބަލިވެ 1 މެޗުވަނީ އެއްވަރުވެފައެވެ.
ސިޓީއަކީ ވަރަށް މޮޅު ޓީމެއްކަމަށާއި ގާޑިއޯލާއާ ދެކޮޅަށް ކުޅުން ވަރަށް އުނދަގޫވާނެކަމަށާއި ނަމަވެސް މިރޭގެ މެޗަށް ނިކުންނަނީ ވަރަށް ވަރުގަދަކޮށްގެންކަމަށާއި އިދިކޮޅި ޓީމަށް އުނދަގޫވާފަދަ މާހައުލެއް ސަޕޯޓަރުންގެ ފަރާތުން ފެންނާނެކަމަށް އުއްމީދުކުރާކަމަށް މިރޭގެ މެޗާއިބެހޭގޮތުން ވާހަކަ ދައްކަމުން ޕޮޗެޓީނޯވަނީ ބުނެފައެވެ.